Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތު

މިހާތަނަށް ފުވައްމުލައް ސިޓީން 600ށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވޭ

އެކްޓިވް ކޭސްތަކުގެ އަދަދަކީ 183

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2021 | އަންގާރަ 19:07
ފުވައްމުލައް ސިޓީގެ މަގެއް

ފުވައްމުލައް ސިޓީގެ މަގެއް

ފުވައްމުލައް ސިޓީން އިތުރު 7 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 623ށް އަރައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އަންގާރަ ދުވަހުގެ ހަވީރު 5:00ން ބުދަ ދުވަހުގެ ހަވީރު 5:00ށް ނެގުނު 161 ސާމްޕަލްގެ ތެރެއިން 7 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ 6 ދިވެހިންނާއި އެއް ބިދޭސީއެކެވެ. އަދި 30 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، 183 އެކްޓިވް ކޭސް ހިމެނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 26 މީހުންނާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 441ށް އަރާފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 13،565 ސާމްޕަލެއް ނަގާފައިވެއެވެ. 152 ސާމްޕަލެއްގެ ނަތީޖާ މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 230 މީހަކު ފާހަގަކުރެވިފައިވެއެވެ.

ފުވައްމުލައް ސިޓީން މިހާތަނަށް 5832 މީހަކު، ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، 3164 މީހަކު ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

ފުވައްމުލަކުގެ ހާލަތު ގޯސްވަމުން އަންނާތިީ ކައުންސިލުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވިޔަފާރި ކުރަން ފިހާރަތަކަށް ނުގޮސް އެ ސިޓީގައި ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. ޑެލިވަރީ ކުރުމަށް ފާސް ދޫކުރަމުން އަންނަނީ ރެސްޓޯރެންޓް ތަކަށާއި، ފިހާރަ ތަކަށެވެ. އެއީ ހަވީރު 4:00ން ފެށިގެން 6:00ށް ދޫކުރާ ފާހެކެވެ.

ޒަރޫރީ އެހެން ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ފާސް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި އެ ސިޓީގައި މިހާރު ހަވީރު 4:00ން ފެށިގެން ފަތިހު 6:00ށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް ފުވައްމުލަކުން ކޮވިޑް-19ގެ ތިން ކްލަސްޓަރއެއް ފެނުމާއި ގުޅިގެން މޮނިޓަރިންއަށް ގެނެސްފައިވެއެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވެސް އެސިޓީގައި ހިންގާފައިވެއެވެ. ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު އާއްމު ހާލަތަށް އާދެވި މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 15 ގައެވެ.

ފުވައްމުލައް ސިޓީކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް