Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު އޮފީސްތައް ބަންދުކުރުން

މިމަހުގެ 15އާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދު- ރައީސް އޮފީސް

އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ވަނީ އަންގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2021 | އަންގާރަ 17:21
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު، ޖޫން މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، އަދި ގުޅީފަޅު)ގައި ވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިތުރުކުރައްވާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނީ މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އިދާރާތަކުން ދެމުންދާ އަސާސީ ޚިދުމަތްތައް ދިނުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރަައްވާފައެވެ.

ރައީސް އޮފީސްސަރުކާރުގެ އޮފީސްތައް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށްފި

28 ސެޕްޓެމްބަރު 2025
ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށްފި
03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު