Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންގެލްންޑް ސްކޮޑުގައި ވައިޓް ހިމެނުން

އާނޯލްޑުގެ ބަދަލުގައި ވައިޓް އިންގެލްންޑް ސްކޮޑަށް

ޔޫރޯ ވެގެންދާނީ ވައިޓް ކުރިމަތިލާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 12:19
އިންގްލެންޑުގެ ސްކޮޑުގައި ހިމެނި ޒުވާން ޑިފެންޑަރު ބެން ވައިޓް

އިންގްލެންޑުގެ ސްކޮޑުގައި ހިމެނި ޒުވާން ޑިފެންޑަރު ބެން ވައިޓް

ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ލިވަޕޫލުގެ ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑަށް ކުރިއަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވުމުން، އިންގްލެންޑުގެ ސްކޮޑުގައި ބްރައިޓަންގެ ޒުވާން ޑިފެންޑަރު ބެން ވައިޓް ހިމަނައިފިއެވެ.

މި ފަހަރުގެ ޔޫރޯއަށް އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑުގައި އާނޯލްޑް ހިމަނަން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ނިންމި ނަމަވެސް ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފުތާގައި ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިން އާނޯލްޑުގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ މެޗުން އިންގްލެންޑް މޮޅުވީ އޮސްޓްރިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗަށްފަހު ހެދި ޓެސްޓުތަކުން ވަނީ އާނޯލްޑް ހަތަރެއް ނުވަތަ ހަ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާކަން ހާމަވެފައެވެ. އެހެންކަމުން އޭނާ މިހާރު ވަނީ އިންގްލެންޑުގެ ޔޫރޯ ސްކޮޑުން ބާކީކޮށްފައެވެ.

އެއާއެކު ސައުތުގޭޓް ވަނީ އާނޯލްޑުގެ ބަދަލުގައި އިންގެލްންޑުގެ ސްކޮޑުގައި ވައިޓް ހިމަނަން ނިންމާފައެވެ. ވައިޓަކީ މީގެ ކުރިން މިދިޔަ މެއި މަހު އިންގްލެންޑުން ޔޫރޯއަށް އެކުލަވާލި 33 ކުޅުންތެރިންގެ ވަގުތީ ލިސްޓުގައި ހިމެނުނު ކުޅުންތެރިއެވެ. މިހާތަނަށް އިންގްލެންޑުގެ ޖާޒީގައި ވައިޓް ދެ މެޗެއް ކުޅެފައިވާއިރު، މި ފަހަރުގެ ޔޫރޯ ވެގެންދާނީ އިންގްލެންޑާއެކު ވައިޓް ކުރިމަތިލާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށެވެ.

އަންނަ ހުކުރު ދުވަހުގެރޭ ޔޫރޯ ފަށާއިރު، އެ މުބާރާތުގައި އިންގްލެންޑް ހިމެނުނީ ގުރޫޕް ޑީ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް އަދި ސްކޮޓްލެންޑެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު އިންގްލެންޑް ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ބެން ވައިޓްއިންގްލެންޑްޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު