Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ވާނީ ފަސްކޮށްފައި- ރައީސް

ކޮވިޑުގެ މިހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖޫން 2021 | އަންގާރަ 13:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން، މިއަހަރުގެ ނިޔަލަށް ފަސްކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަ ކުރައްވާފައިވަނީ އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ސްޓޫޑެންޓް ލޯންގެ ކަންތާއި ގުޅިގެން ފިނޭންސް މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ވާހަކަ ދެއްކުމަށްފަހު މިއަހަރުގެ ނިޔަލަށް ސްޓޫޑެންޑް ލޯން ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އބްރާހިމް ޙަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޤުތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ހުރިއިރުވެސް ސްޓޫޑަންޓްލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް މަޑުޖައްސާލުމަށް ރައީސް ނިންމެވި ނިންމެވުމަކީ މަތީ ތަޢުލީމާއި ތަމްރީނަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމުގެ ކުލަގަދަ ހެއްކެއްކަމަށް ވިދާޅުވެފައެވެ.

ކޯވިޑް19ގެ ބަލިކަމުގެ މިހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއިއެކު، އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތުނަގާނެ ކަމަށް ބެލެވޭތީ މިދިޔަ އަހަރުވެސް ސަރުކާރުން އެ ފުރުސަތު ފަހިކޮށްދިނެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯންއިން ދަރިވަރުން ނަގާފައިވާ ނޭޝަނަލް ސްޓޭންޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި، އެޑިޔުކޭޝަން އެސިސްޓަންސް ލޯނު ސްކީމްގެ ލޯނުތަކުގެ އިތުރުން، މީރާއަށް ލޯނު ރީޕޭމަންޓް ދައްކާ ގޮތަށް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކާއި، ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތައް ދައްކަމުންދާ ފަރާތްތަކުން ލޯނު ދެއްކުން އޭރުވެސް ފަސްކޮށްދީފައިވެއެވެ.

އޭގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށް އޭރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވެސް ބުނެފައިވެއެވެ.

ކޮވިޑް-19ގެ މި ހާލަތުގައި ސަރުކާރުން ގެންދަނީ އެކި ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު އެކި ސްޓިމިއުލަސް ޕެކޭޖުތައްވެސް ފޯރުކޮށްދެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު