Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"މޭ ހަޔެއް" ކޮމިޓީ

"މޭ ހަޔެއް" ކޮމިޓީ އުފެއްދުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް

8 ޖޫން 2021 | އަންގާރަ 11:33

ކޮމިޓީ އެކުލެވިގެން ވާނީ 5 މެމްބަރުންގެ މައްޗަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ޖޫން 2021 | އަންގާރަ 11:33
ެއެމް.ޑީ.ޕީ ގައުމީ މަޖްލީހުގެ ޖަލްސާއެއް  ކުރިއަށްދަނީ

ެއެމް.ޑީ.ޕީ ގައުމީ މަޖްލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

މެއި 6ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލައި، ފާރަވެރިވާނެ ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.

"މޭ ހަޔެއް" ގެ ނަމުގައި އުފައްދާ މި ކޮމިޓީއާ މެދު ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށްވަނީ ނިންމާފައެވެ.

މައިގަނޑު 3 ކަމެއްގެ މައްޗަށް އެކުލަވާލާފައިވާ މި ގަރާރު ހުށަހަޅުއްވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެވެ. ގަރާރަށް ތާއީދު ކުރައްވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުޙައްމަދު ސައިފް ފާތިޙެވެ.

ކޮމިޓީ އެކުލަވާލުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހުރިއްރާ ކަނޑައަޅުއްވާ މެމްބަރަކާއި، ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރަކާއި، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފާއި، މުޙައްމަދު ޝިހާބު އަދި އަޙުމަދު މަޢުސޫމާއެކު 5 މެމްބަރުންގެ މައްޗަށެވެ.

ގަރާރުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ، މެއި 6ަވަނަ ދުވަހުގެ ހާދިސާގެ ތަހުގީގު ހިނގާ ގޮތް ގާތުން ބެލުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ، ކުރިން ހިނގާދިޔަ ނުރައްކާތެރި ގޮތް ނޭގޭ މަރުތަކުގެ ހަގީގަތް މިއަދާ ހަަމައަށްވެސް ނޭގި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ދައުލަތުގެ އެއް ވެރިޔާއަށް އަމާޒުކޮށް، ދިން މިހަމަލާގެ ހަގީގަތް ނުހޯދިއްޖެ ނަމަ އެމްޑީޕީ ދައުލަތެއްގެ ގޮތުގައި ދެކޭ ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން އެބައޮތްކަން ހާމަކުރުމެވެ.

މި ކަންކަމަށް ބަލައި، ހުރިހާ ކަމެއް ގާތުން ބަލައި ފާރަވެރި ކޮމިޓީއެއް އެކުލަވާލަން ނިންމަނީ ކަމަށް ގަރާރުގައި ވެއެވެ.

ހަމަލާއަށް ފަންޑު ކުރީ ކޮންބައެއްކަން ތަހުގީގަށް މިހާތަނަށް ހޯދިފައިނުވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި، ހަމަލާގެ ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނާތީ ކަންބޮޑުވާ ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީރައީސް ނަޝީދުރައީސް ސޯލިހުއެމްޑީޕީ ޤައުމީ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް