Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިޝްކާގެ މަރުގެ ތަޙުޤީޤު

އިންސާފު ލިބުން ލަސްވިޔަ ނުދިނުމަށް 7 ދުވަހުގެ ކައުންޓް ޑައުންއެއް

ތަހުގީގު އަދި އެއްކޮށް ނުނިމޭކަމަށް މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 20:37
ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ  ފާޠިމަތު މިޝްކާ މުޙައްމަދު

ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ ފާޠިމަތު މިޝްކާ މުޙައްމަދު

ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ނިޔާވުން ވެގެން ދިޔައީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯދިޔާކަމާއި ފަތިފުށް ހާމަކުރުވި ކަމަަށެވެ.

މިކަމުގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް ހެލްތް މިނިސްޓްރީން ހެދި ރިވިއު ރިޕޯޓުން ވަނީ ހާމަކޮށްފައެވެ. އެހެނަސް، މިދެންނެވި ރިޕޯޓުގައިވެސް ކަންވީގޮތް ހާމަކުރީ ނަމަކަށޭ ބުނާމީހުންވެސް ގިނައެވެ.

ރިޕޯޓުގައި އިހުމާލުވީކަމަށް ބުނެ ސުވާލު އުފެދޭ އެތައް ތަންވަޅެއް ފެނުނެވެ. އެކަން ހައްލުކުރަން ސިޔާސަތަކާއި ނިޒާމަކާ ޕްރޮޓޮކޯލެއް ވާކަމަށް ވެއެވެ. އެހެނަސް އެ ތަކެތި އޮތީ ލިޔެކިޔުމުގައި ލިޔެވި ހިރަފުސް ބުރަން ދޫކޮށްލެވިފައެވެ.

ޒަމާނީ ނަންތަކުން ނަންދެވި އޯބީ ސިސްޓަމެއް، ޓިކާއެއް ކިޔާނެކަމެއް ނެތެވެ. އެންޓަރކުރި މައުލޫމާތުން ވީކަމެއް ނެތެވެ. ކޮންމެ ފަހަރަކުވެސް ޖެހެނީ އަލުން ބަލުން ކިޔައިދޭށެވެ. ނަމުގައި "އޮޓޮމޭޓެޑް" މި ސިސްޓަމްތައް، ހަނދާން ނެތުމުގައި، ގަރަހިތައަކަށްވުރެ ނުކުޅެދުންތެރިކަން ބޮޑެވެ.

މިއާއެކު މިޝްކާގެ ކޭހުގައި ފެނިގެންދިޔައީ އެމަރޖެންސީގެ މުޅި ސިސްޓަމް ފެއިލްވެފައިވާތަނެވެ. މިކަމުގައި ސިސްޓަމްތައް ކުށްވެރިކޮށްލުމުން ނިންމާލެވޭކަށް ނެތެވެ. އެހެނީ އިހުމާލުގެ މި ލިސްޓުގައި، ނަން ހުސްކޮށް ހަދާފައިވާ ޓީމުތައްވެސް، އެވަރު ބޮޑު ރޯލެއް އަދާކުރެއެވެ. ކޯލް ސެންޓަރާއި، މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ)އާއި، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް)އާއި އަދި އެމަރޖެންސީ މެޑިކަލް ސަރވިސަސް (އީއެމްއެސް)ވެސް ވަނީ ފެއިލްވެފައެވެ. މި ނިމުނީކީ ނޫނެވެ. މި ރިޕޯޓުގައި ދީފައިވާ ބައެއް މައުލޫމާތުތަކާއި ދީފައިވާ ގަޑިތަކަކީވެސް ދޮގު މައުލޫމާތުކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކޮންމެއަކަސް، މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ދިއުމުން ރައްޔިތުންގެ މަޖިލީހުން އިސްވެ މިކަމުގައި ކަންވާގޮތް ތިލަކޮށްދިނުމަށް މަސައްކަތް ފެށިއެވެ.

ޖޫން މަހުގެ 2 ވަނަ ދުވަހު ނިޔާވި 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭކަންކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވަނީ މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ހިއުމަން ރައިޓްސް ކޮމިޝަން، އަދި ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވިދާޅުވީ، ފުރިހަމަ ތަހުގީގަށް ފަހު ނެރޭ ރިޕޯޓް ތަފްސީލު ވާނެ ކަމަށާއި، ތަހުގީގު އަދި އެއްކޮށް ނުނިމޭ ކަމަަށެވެ. އަދި މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.

މި ކޭސްގައި ފެނިގެން މިދިޔައީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާތީ ސަމާލުކަން ނުދެވި ހުރި ކަންކަން ކަމަށެވެ. އަދި ފުރިހަމަ ތަހުގީގެއް ނިންމުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތަށް އަދި އިތުރު ހަފުތާއެއް ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ މީހުން ގެ ޒާތީ މައުލޫމާތުތައް ހިމެނޭތީވެ، އެ ވާހަަކަދެއްކުން ރަނގަޅީ ތަހުގީގު އެއްކޮށް ނިމުމުން ކަމަށެވެ. އަދި މިކަމުގައި ޕަބްލިކްގެ ޕްރެޝަަރ އޮތްނަަމަވެސް ބޭނުންވެ ވަޑައިގަންނަވަނީ އިންސާފުވެރިކޮށް ގެންދަވަން ކަަމަށެވެ. އަދި މިޝްކާގެ ބައްޕައާ ވާހަކަ ދެކެވޭ ކަމަށާއި، ބައްޕަގެ އެދުމަކީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންތައް ކޮށްދެއްވުން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. އަދި މިކަމުގައި މިޝްކާގެ ބައްޕަގެ ކެތްތެރިކަންވެސް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ނަސީމު އެމަނިކުފާނު އަމިއްލައަށް ކުރައްވާ ތަހުގީގަށް އިތުރު ހަފުތާއަކަށް އެދިފައިވާއިރު، މިކަން އިބިލީހުގެ ކައިވެންޏަށް ވީހެން ވިޔަ ނުދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. މިކަމުގައި މިޝްކާގެ އާއިލާގެ ޚިޔާލުވެސް ހުރީ މި ދެންނެވިގޮތަށެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަމުން މިޝްކާގެ އާއިލާއިން ވަނީ މިނިސްޓަރ ވިދާޅުވި ތާރީޚަށް ތަފްސީލު ހާމަކުރޭތޯ އިންތިޒާރު ކުރާނެކަމަށެވެ. އަދި މިކަމަކީ ދިގުލައިގެން ގޮސް "މާދަމާ، މާދަމާ" ކިޔާ ކަހަލަ ކަމަކަށް ވިޔަ ނުދިނުމަށް އާއިލާއަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.

މިޝްކާއަށް އިންސާފު ހޯދައިދިނުމަށް ޖަސްޓިސް ފޯ މިޝްކާގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށާފައިވާއިރު، ތަހުގީގު ލަސްވިޔަ ނުދިނުމަށް މިހާރު ވަނީ 7 ދުވަހުގެ ކައުންޓް ޑައުންއެއް ފަށާފައެވެ. އަދި މިނިސްޓަރގެ ވައުދު ކުރިއަށް އޮތް 7 ދުވަހު މި ކައުންޓް ޑައުނުން ހަނދާންކޮށްދޭނެއެވެ.

އާއިލާއިން ވަނީ އިންސާފު ލިބުން ލަސްވެފައިވާ މި ދަނޑިވަޅުގައި ދެން ސަރުކާރަށް ދެވޭނީ ހަފުތާއެއް ކަމަށެވެ. އެއަށްވުރެ ލަސްވާނަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށްވެސް ވިސްނާކަމަށާއި، މިކަމުގެ ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށްވެސް ހިއްސާކުރުން އިތުރަށް ލަސް ނުކުރާނެކަމަށެވެ.

ކޮވިޑް-19ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު