Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި

މި ކާމިޔާބީއަކީ ރައީސް ޞާލިޙުގެ ޚާރިޖީ ސިޔާސަތުގެ ނަތީޖާ- މިނިސްޓަރ

7 ޖޫން 2021 | ހޯމަ 17:59

މި ދަނޑިވަޅަކީ މުޅި ދުނިޔެއަށްވެސް ދަތި ދަނޑިވަޅެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2021 | ހޯމަ 17:59
ފޮރިން މިނިސްޓަރ ޢަބްދުﷲ  ޝާހިދު ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަނީ

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަނީ

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބުގައި ރާއްޖެއަށް ލިބުނު ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރާއްޖޭގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަރވިއުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، މި ކާމިޔާބީއަކީ ރާއްޖޭގެ ސަރުކާރުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

Advertisement - newsAdvertisement

މި ދަނޑިވަޅަކީ މުޅި ދުނިޔެއަށްވެސް ދަތި ދަނޑިވަޅެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ލިބުނު ކާމިޔާބީއަކީ އުއްމީދުން ފުރިގެންވާ ކާމިޔާބީއަކަށް ވެގެންދާނެ ކަމަށެވެ. އަދި ކަންކަން ހާސިލު ކުރުމަށް ސިޔާސަތުތައްވެސް ބައްޓަން ކުރައްވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަދި މިއީ އެމަނިކުފާނުގެ ހަޔާތުގައި އަދާ ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް ޒިންމާގެ ގޮތުގައިވެސް ވަނީ ސިފަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ އަދި ވަސީލަތް މަދު ގައުމަކަށް މި ލިބުނު ކާމިޔާބީއާއެކު ދުނިޔޭގައި ރާއްޖޭގެ ނަން ފަވާލަން ރަނުގެ ފުރުސަތެއް ލިބިގެންގޮސްފައިވާ ކަމަށެވެ.

އިންތިޚާބަށް ތައްޔާރުވުމަށް ޓަކައި މިނިސްޓަރ ވަނީ ގިނަ ގައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލު ކުރައްވައި، ގައުމުތަކުން ފާހަގަކުރާ ކަންކަންވެސް އޮޅުންފިލުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ހުރިހާ ގައުމުތަކުންވެސް ކޮވިޑުގެ އާލަމީ ވަބާގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ކަމަށެވެ.

ދިވެހި ރައްޔިތުންނަށް ދެއްވި މެސެޖުގައި ޝާހިދު ވިދާޅުވީ، ރާއްޖެއަކީ މުޅި ދުނިޔޭގެ ގިނަ ގައުމުތަކުގެ ރިޔާސަތު ހަވާލުވެފައި އޮތުމުގެ ޝަރަފު ލިބިގެންވާ ގައުމު ކަމަށާއި، މިއީ މި ޖީލަށްވެސް ލިބިގެންދިޔަ ކާމިޔާބީއެެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމި އޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އިންތިޚާބު ކާމިޔާބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ފާއިތުވި އަހަރު ތިމާވެށީގެ ގޮތުންނާއި، އިންސާނީ ކާރިސާތަކުގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑު-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށާއި، ވެކްސިނޭޝަން ޕްރޮގްރާމްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 76 ވަނަ މަޖިލީހަކީ ގިނަ ކާމިޔާބީތަކެއް ހޯދޭނެ މަޖިލީހަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

އަދި މިންތީގެ ހަމަހަމަކަމާއި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ޒިންމާދާރު، ޒިންމާ ކުރުވޭ މަޖިލީހަކަށް 76 ވަނަ މަޖިލިސް ހައްދަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ވާދަ ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ. ޝާހިދު މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

އދ. ގެ އާންމު މަޖިލީހުގައި މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މިވަނީ ސިއްރު ވޯޓަކުންނެވެ.

ޢަބްދުﷲ ޝާހިދުޚާރިޖީ ވުޒާރާޔޫއެން މޯލްޑިވްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
28 ސެޕްޓެމްބަރު 2025

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ
25 ސެޕްޓެމްބަރު 2025

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

25 ސެޕްޓެމްބަރު 2025
ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
02 ސެޕްޓެމްބަރު 2025

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް