Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިއާންޒް ކެއަރސް

މައިކޮލެޖްގެ ފަރާތުން ސިއްހީ ޚިދުމަތްތެރިންނަށް ޚާއްސަ ކެއަރ ޕެކޭޖްތަކެއް!

ރާއްޖޭގެ ހުރިހާ ކޮވިޑް ފެސިލިޓީތަކަށް ކެއަރޕެކޭޖް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 7 ޖޫން 2021 | ހޯމަ 15:02
މިއާންޒް ކެއާސް

މިއާންޒް ކެއާސް

މައިކޮލެޖްގެ ފަރާތުން ސިއްހީ ޚިދުމަތްތެރިންނަށް ޚާއްސަ ކެއާ ޕެކޭޖްތަކެއް ހަދިޔާ ކޮށްފިއެވެ.

މައިކޮލެޖްގެ ފަރާތުން މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު އާދިލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވީ ޒޫމް މެދުވެރިކޮށެވެ. މި ރަސްމިއްޔާތުގައި މިއާންޒް އިންޓަނޭޝަނަލް ގްރޫޕްގެ ސީއީއޯ އަހްމަދު މުއްތަކީ, މައި ކޮލެޖްގެ ސީއީއޯ މުހައްމަދު ހަލީމް, އަދި މައިކޮލެޖްގެ ރެކްޓަރ ލަމްޔާ އަބްދުލްހާދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މި ކަމަކީ ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. އަދި އެ ޚިދުމަތްތެރިން ކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން މިއާންޒް ގްރޫޕުގެ ފަރާތުން ހަދިޔާކުރި ތަކެއްޗަށް ޓަކައި ހެލްތު މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

'މިއާންޒް ކެއަރސް' ގެ މި ޝިއާރުގެ ދަށުން, މައިކޮލެޖުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހުރިހާ ކޮވިޑް ފެސިލިޓީތަކަށް ކެއާޕެކޭޖް ރައްދުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ޕެކޭޖްތަކުގައި ހުންނާނީ ކާބޯތަކެތި ކަމަށް މައިކޮލެޖް އިން މައުލޫމާތު ދެއެވެ.

މައިކޮލެޖްގެ ރެކްޓަރ ލަމްޔާ އަބްދުލްހާދީ ވިދާޅުވީ, ހަދިޔާ ޕެކޭޖްތަކުގައި ހުންނާނީ ސިއްހީ ޚިދުމަތްތެރިން މަސައްކަތުގައި ހޭދަކުރާ ވަގުތުގައި ވަރުބަލި ފިލުވާލުމަށް ނަގާ ހުސްވަގުތުގައި ބޭނުން ކުރެވޭ ކަހަލަ ކާބޯތަކެތިކަމަށެވެ. މީގެ މަގުސަދަކީ ޚިދުމަތްތެރީންގެ އިހުސާސްތައް ދެނެގަންނަކަން އަންގައިދިނުމާއި, އެ މަސައްކަތުގެ ބުރަ އިހުސާސް ކުރެވޭކަން ހާމަކޮށްދިނުން ކަމަށް ލަމްޔާ ވިދާޅުވިއެވެ.

މުޖުތަމައުއަށް އަހުލުވެރި ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމުގެ ގޮތުން މައިކޮލެޖުން ގެންދަނީ މިފަދަ އިޖުތިމާއީ އެތައް ހަރަކާތެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް އެ ކޮލެޖުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބާއްވާފައިވެއެވެ. ހަމަ އެހެންމެ ކޮވިޑް19އިން ރައްކާތެރިވުމަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ސިލްސިލާ ވީޑިއޯ ކްލިޕްތަކެއް ގެނެސްދޭން މިހާރު ފަށާފައި ވާކަން ފާހަގަކޮށްލެވެއެވެ.   

ކޮވިޑް-19އެމްއައި ކޮލެޖް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު