Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް

އިންގްލެންޑް، ނެދަލެންޑްސް އަދި ބެލްޖިއަމަށް މޮޅެއް

ބެލްޖިއަމް މޮޅުވީ ކްރޮއޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 05:50
އިންގްލެންޑާއި ރޫމޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 1-0 ން - ގެޓީ އިމޭޖަސް

އިންގްލެންޑާއި ރޫމޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 1-0 ން - ގެޓީ އިމޭޖަސް

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާދީއްތަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން އިންގްލެންޑާއި، ނެދަލެންޑްސް އަދި ބެލްޖިއަމް މޮޅުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ ރޫމޭނިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ރޫމޭނީއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ޑޮމިނިކް ކަލްވެޓް-ލެވިން އާއި ޖޭޑަން ސަންޗޯ ފޮނުވާލި ބޯޅަތައް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ލިބުނު ޕެންލޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ. މިއީ ރުމޭނިއާ ކުޅުންތެރިއަކު އިންގްލެންޑްގެ ޖެކް ގްރީލިޝްއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އަދި އޭގެ 10 މިނެޓު ފަހުން އިންގްލެންޑަށް ވަނީ އިތުރު ޕެނަލްޓީއެއްވެސް ލިބިފައެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖޯޑަން ހެންޑަސަން ފޮނުވާލި ޕެނަލްޓީ ރޫމޭނިއާގެ ގޯލްކީޕަރު ފްލޯރިން ނީޓާ ވަނީ މަތަކޮށްފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުންވެސް އިންގްލެންޑް މޮޅުވިއިރު، މި ފަހަރުގެ ޔޫރޯގައި އެ ގައުމު ހިމެނެނީ ގްރޫޕް ޑީ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް އަދި ސްކޮޓްލެންޑެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު އެކުވެރިކަމުގެ މެޗުން ނެދަލެންޑްސް މޮޅުވީ ޖޯޖިއާގެ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ނެދަލެންޑްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަލުން މެމްޕިސް ޑިޕާއި ވަނީ އެ ގައުމަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ވޫޓް ވޭގޯސްޓް ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދިންއިރު، އެ ގައުމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިޔާން ގްރަވެންބާޗެވެ.

މި މެޗުން ނެދަލްންޑްސް މޮޅުވިއިރު، ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ނެދަލެންޑްސްއިން ކުޅުނު ފުރަތަމަ މެޗުން ވަނީ ސްކޮޓްލެންޑާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސީ ގައި ނެދަލެންޑްސް ހިމެނޭއިރު، އެ ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރިއާ، ނޯތު މެސެޑޯނިއާ އަދި ޔޫކްރޭނެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު އެކުވެރިކަމުގެ މެޗުން ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް މޮޅުވީ ކްރޮއޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ ޖޭސަން ޑެނަޔާ ދިން ޕާހަކުން ލުކާކޫ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން ބެލްޖިއަމް މޮޅުވިއިރު، ޔޫރޯއަށް ތައްޔާރުވުމަށް ބެލްޖިއަމުން ކުޅުނު ފުރަތަމަ މެޗުން ވަނީ ގްރީސްއާ އެއްވަރުވެފައެވެ. މި ފަހަރުގެ ޔޫރޯގެ ގްރޫޕް ބީ ގައި ބެލްޖިއަމް ހިމެނޭއިރު، އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ޑެންމާކް، ފިންލެންޑް އަދި ރަޝިއާއެވެ.

އިންގްލެންޑްނެދަލެންޑްސްބެލްޖިއަމްޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު