Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ބޯދާ ގަބޫލުކުރުންތައް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

6 ޖޫން 2021 | އާދީއްތަ 17:32

21 އަހަރުގެ އަންހެން ކުއްޖަކު އެފަދަ ޖިފުޓިއެއްގައި ބަހައްޓާފައި ހުއްޓައި މަރުވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖޫން 2021 | އާދީއްތަ 17:32
މައްސަރު ދުވަސްވަރު ބޭނުން ކުރުމަށް އިންޑިއާގައި ހަދާފައިވާ ޖިފުޓިތައް

މައްސަރު ދުވަސްވަރު ބޭނުން ކުރުމަށް އިންޑިއާގައި ހަދާފައިވާ ޖިފުޓިތައް

އަވައްޓެރި އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި މައްސަރު ދުވަސްވަރު އަންހެނުން އެކަހެރިކޮށްގެން ގެންގުޅޭ އާދަކާދަޔަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

އިންޑިއާގެ ހުޅަނގުގެ އަވަށެއް ކަމަށްވާ މަހަރާޝްތްރާގައި ވެސް ގިނަ ބަޔަކު އަމަލުކުރާ މި އާދަކާދައިގެ ދަށުން، އަންހެނުންނާއި އަންހެން ކުދިން މައްސަރު ދުވަސްވަރު، އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ޖިފުޓިތަކެއްގައި އެކަހެރިކޮށްފައި ބައިތިއްބާކަމަށް ވެއެވެ. އެ ތަންތަނަކީ މާބޮޑު ސާފުތާހިރުކަމެއް، އަދި ބަންދުކަމެއް ނެތް، ރައްކާތެރިވެސް ނޫން ތަންތަންކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

ޒަމާނީ ގޮތްތަކަށް މި ޖިފުޓިތައް އާރާސްތު ކުރުމުގެ މަސައްކަތް ކޮންމެސް ވަރަކަށް ފެށިފައިވީނަމަވެސް، އަދިވެސް ގިނަ އާބާދީތަކެއްގައި ދިރިއުޅުމުގެ ހާލަތު ހުރީ އެގޮތަށެވެ.

މި ޖިފުޓިތަކުގައި އެންމެ އަސާސީ ބޭނުންތައް ފުއްދާލެވޭ ވަރަށްވެސް ވަސީލަތްތައް ނުހުންނައިރު، މީގެ 10 އަހަރު ކުރިން 21 އަހަރުގެ އަންހެން ކުއްޖަކު އެފަދަ ޖިފުޓިއެއްގައި ބަހައްޓާފައި ހުއްޓައި މަރުވެފައިވެއެވެ. އޭނާ މަރުވެފައިވަނީ ހަރުފައެއް ވިހަލައިގެންނެވެ. ނަމަވެސް އެ ހާލަތުގައިވެސް އޭނާގެ އާއިލާއިން ވަނީ އޭނާގެ ގައިގައި އަތްލުމަށް ދެކޮޅު ހަދާފައެވެ.

އެކަމުގެ ސަބަބުން މިހާރު އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ ޚަރްވާދީ ސޯޝަލް ވެލްފެއަރ އެސޯސިއޭޝަނުން ގެންދަނީ ޖިފުޓިތަކުގެ ބަދަލުގައި އަންހެނުންނަށް ރައްކާތެރި، އަދި ސާފުތާހިރު ތަންތަން ގާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަދި މުޅި މައްސަލައިގެ ހައްލަކީ މައްސަރު ދުވަސްވަރު އަންހެނުން އެކަހެރިކުރުމުގެ ސަގާފަތް މުޅިން ދޫކޮށްލުން ކަމަށް ވެސް އެ ޖަމިއްޔާއިން ދެކެއެވެ.

އޭގެ އިތުރުން، އިންޑިއާގެ ބައެއް ފަގީރު އާބާދީތަކުގައި މިކަން ހައްދުފަހަނަ އަޅާފައިވާ މިންވަރަކަށް މޫލާފައިވާކަމަށް، އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

އެގޮތުން މައްސަރު ދުވަސްވަރު އެ ޝަހަރާ ދުރުގައި ހުންނަ ޖިފުޓިތަކެއްގައި 5 ދުވަސް ހޭދަކުރުން މަޖުބޫރުވާއިރު، އަމިއްލައަށް ކެއްކުންފަދަ ކަންކަންވެސް އޮންނަނީ މަނާކޮށްފައެވެ. އަދި އެމީހުންނަކީ ނަޖިސް ބައެއްގެ ގޮތުގައި މުޖުތަމައުގެ އެހެން މީހުންވެސް ދެކެއެވެ.

މި ކަންކަމާ ދެކޮޅަށް އަޑުއުފުލާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ފަހަކަށް އައިސް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތައްވެސް ވަނީ އިތުރުވެފައެވެ.

އިންޑިއާއިންޑިއާވެސްޓް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް