Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓްރީއަށް އާ ޕީއެސް އެއް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

ކުރިން އެ މަގާމުގައި ހުންނެވީ އަބްދުﷲ ފަޔާޒު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 12:30
ޓްރާންސްޕޯޓް މިނިސްޓްރީއަށް ޕީއެސް އައްޔަން ކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތު

ޓްރާންސްޕޯޓް މިނިސްޓްރީއަށް ޕީއެސް އައްޔަން ކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތު

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަޖައްސައިފިއެވެ. މިމަގާމަށް ހަމަޖެއްސީ ޢަބްދުﷲ ޝިމާޒްއެވެ.

އާދީއްތަ ދުވަހު، އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާގެ އިތުރުން، ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެެވެ.

Advertisement - newsAdvertisement

ޕީއެސްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު، މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ފަޔާޒު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، "އޮފީހަށް ނިކުތުމަށް އަންގާ ލިޔުން" ލިބިވަޑައިގަތުމާއެކު، މިއަހަރުގެ ނޮވެމްބަރު 1ވަނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި އުޅުއްވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓަރ އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށެވެ. އަދި އެދުވަހުގެ 12:00ގެ ކުރިން އިސްތިއުފާ ނުދެއްވައިފިނަމަ، މަގާމުން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް މިނިސްޓަރު ލިޔުއްވާނެ ކަމަށް ވެސް، ސީއެސްސީއަށް ފަޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފަޔާޒުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ސީއެސްސީން ބަލަމުންދިޔަ އޭނާގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް، މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް އަންގައި، އަދި މަގާމުން ވަކިކުރުމަށް މިނިސްޓަރު ހުންނަވައިގެން އެތައް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ސީދާ ޞަރީހަ އިބާރާތުން، އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެެދި ސީއެސްސީގައި އެދުމުން، ސިވިލް ސަރވިސް ކޮމިޝަނުން އޭނާއާ ހަވާލުކޮށްފައިވާ ޕާމަނަންޓް ސެކްރެޓަރީކަމުގެ ޒިންމާ އަދާ ކުރައްވާނެ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށެެވެ.

އަދި ވަޒީފާގައި ދެމިހުރުމަށް ނިންމާ ނިންމުމުގެ ސަބަބުން އޭނާގެ މައްޗަށް އިތުރު ދޮގު އިލްޒާމު އެޅުވުމުގެ އިތުރަށް ނަފްސާނީ ގޮތުން އޭނާއަށް ފަހި މާހައުލެއް މިނިސްޓްރީގައި އޮތްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް، ފަޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް، ސާބިތު ނުވާކަމަށް ނިންމައި، އެކަން ސިވިލް ސަރވިސް ކޮމިޝަނުން ފަޔާޒަށް އަންގާފައިވަނީ، 13 ޑިސެމްބަރު 2020ގަ އެވެ. އެސިޓީ ލިބިވަޑައިގަތުމާއެކު ހަމަ އެދުވަހު ފަޔާޒު ވަނީ މަގާމުން އިސްތިއުފާ ދެއްވާނެކަން ބަޔާންކުރައްވައި، ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅުއްވާފަ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓްމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު

15 މެއި 2025
ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި

ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި

14 އެޕްރީލު 2025
ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

29 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު