Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން މިއަދު

ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 01:30 ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖޫން 2021 | އާދީއްތަ 04:34
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީގުގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ފުލުހުން ބުނީ މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 01:30 ގައި އޮންލައިންކޮށް ކަމަށެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ސީދާ ގުޅުން ހުރިކަމަށް ބެލެވޭ 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް ފުލުުހުންވަނީ މައްސަލައިގެ ތަހުގީގު އަދި އޮތީ ވަރަށް ޅަފަތުގެ މަރުހަލާއެއްގައި ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތް ވަރަށް އަވަހަށް ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި، ކޮމެޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާ ވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާއެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތުގެ ދަށުން އެންމެ ފަހުން ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުން ޖޫން 2 ވަނަ ދުވަހު ރައީސް އޮފީހުގެ އިންޓެލިޖެންސް އޮޑިޓް ކޮމިޓީން ވަނީ ޕްރޮސެކިއުޓާ ޖެނެރެލާ ބައްދަލުކޮށްފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލު ގެންނަން ރައީސް ވަނީ އަންގަވާފައެވެ. މިއީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ނަޝީދަށް ދިން ޓެރަރިސްތް ހަމަލާ

އިތުރަށް ކިޔާލަން

24 މެއި 2023

މޭއި 6ގެ ހަމަލާއާ ގުޅިގެން، އަޅުގަނޑު ޖަރުމަނަށް ގެންގޮސް ބޭސްކުރީ ޖަރުމަން ސަރުކާރުގެ ޚަރަދުގައި: ނަޝީދު

24 މެއި 2023
މޭއި 6ގެ ހަމަލާއާ ގުޅިގެން، އަޅުގަނޑު ޖަރުމަނަށް ގެންގޮސް ބޭސްކުރީ ޖަރުމަން ސަރުކާރުގެ ޚަރަދުގައި: ނަޝީދު
23 މެއި 2023

މެއި 6 ޙަމަލާ: ނަޝީދަށް ސެކިއުރިޓީ ދިން ފަރާތެއްގެ ހެކިބަސް ނަގައިފި

23 މެއި 2023
މެއި 6 ޙަމަލާ: ނަޝީދަށް ސެކިއުރިޓީ ދިން ފަރާތެއްގެ ހެކިބަސް ނަގައިފި
06 މާރިޗު 2022

ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ: "އެފަދަ އަމަލުތަކުގެ އާޚިރު ނަތީޖާއަކަށް އަބަދުވެސް އަންނާނީ އަނިޔާވެރި ނިމުމެއް"

06 މާރިޗު 2022
ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ: "އެފަދަ އަމަލުތަކުގެ އާޚިރު ނަތީޖާއަކަށް އަބަދުވެސް އަންނާނީ އަނިޔާވެރި ނިމުމެއް"
26 ޖެނުއަރީ 2022

ބޮމުގެ ޙަމަލާ: ތަސްލީމާއި އަލިމަނިކުގެ މައްޗަށް ކުރާ ދައުވާ އާއި ގުޅިގެން ހެކި ހުށައަޅައިފި

26 ޖެނުއަރީ 2022
ބޮމުގެ ޙަމަލާ: ތަސްލީމާއި އަލިމަނިކުގެ މައްޗަށް ކުރާ ދައުވާ އާއި ގުޅިގެން ހެކި ހުށައަޅައިފި
21 ޖެނުއަރީ 2022

ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ބޮޑު – ނަޝީދު

21 ޖެނުއަރީ 2022
ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ބޮޑު – ނަޝީދު
10 ނޮވެމްބަރު 2021

ބޮމުގެ ޙަމަލާ: އަލިމަނިކާއި ތަސްލީމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް

10 ނޮވެމްބަރު 2021
ބޮމުގެ ޙަމަލާ: އަލިމަނިކާއި ތަސްލީމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް
01 ސެޕްޓެމްބަރު 2021

ބޮމުގެ ހަމަލާގައި ހިމެނޭ އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 14 ދުވަސް

01 ސެޕްޓެމްބަރު 2021
ބޮމުގެ ހަމަލާގައި ހިމެނޭ އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 14 ދުވަސް
12 ޖުލައި 2021

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބެއްލުވުމަށް ކަނޑައެޅުއްވި މަންދޫބުގެ މަސައްކަތްތައް ރައީސްއާ ހިއްސާކުރައްވައިފި

12 ޖުލައި 2021
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބެއްލުވުމަށް ކަނޑައެޅުއްވި މަންދޫބުގެ މަސައްކަތްތައް ރައީސްއާ ހިއްސާކުރައްވައިފި
06 ޖޫން 2021

މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފި

06 ޖޫން 2021
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފި
18 މެއި 2021

ނަފްރަތު އުފައްދަނީ ސިޔާސީ މީހުންނެވެ.

18 މެއި 2021
ނަފްރަތު އުފައްދަނީ ސިޔާސީ މީހުންނެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު