Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯލްޑަން ޖުބްލީ ސްޓިއަރިން ކޮމިޓީ

ގޯލްޑަން ޖުބްލީ ސްޓިއަރިން ކޮމިޓީ އެކުލަވާލައިފި

5 ޖޫން 2021 | ހޮނިހިރު 03:50

ކޮމިޓީ އެކުލަވާލާފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ޖަމްއިއްޔާތަކުގެ މަޝްވަރާއާއި އެކު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ޖޫން 2021 | ހޮނިހިރު 03:50
ގޯލްޑަން ޖުބްލީ ސްޓިއަރިންގް ކޮމިޓީ

ގޯލްޑަން ޖުބްލީ ސްޓިއަރިންގް ކޮމިޓީ

ރާއްޖޭގެ ފަތުުރުވެރިކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި "ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ" ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި ޓޫރިޒަމް އިންޑަސްޓްރީއާއި މިއިންޑަސްޓްރީ އާއި ގުޅިލާމެހިފައިވާ އެހެންފަރާތްތަކުގެ ބައިވެރިވުންއޮންނަ ގޮތަށް ރާއްޖޭގެ ސިޓީތަކާއި، އަތޮޅުތަކުގައި ތަފާތު ހަރަކާތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.

Advertisement - newsAdvertisement

"ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ" އެކުލަވާލާފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ޖަމްއިއްޔާތަކުގެ މަޝްވަރާއާއި އެކު 11 މެމްބަރުން ހިމެނޭހެންނެވެ. ކޮމިޓީގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މޯލްޑިވްސް ގެސްޓްހައުސް އެސޯސިއޭޝަން، ނޭޝަނަލްބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް އެލަޔަންސް އޮފް ޑައިވް އޮޕަރޭޓަރސް، މިއުޒިޝަންސް ޔޫނިއަން އޮފްމޯލްޑިވްސް، ޗެފްސް ގިލްޑް އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޔޫތްސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، ތަމްސީލުކުރައްވާ މެންބަރުން ހިމެނެވެ.

މިކޮމިޓީގެ ފުރަތަމަ ބައްދަލުވުގައި ގޯލްޑަންޖުބްލީ ފާހަގަކުރުމަށް ކުރިއަށްގެންދަން ގަސްދުކުރާ އެކްޓިވިޓީ ކަލަންޑަރާއި ގުޅޭގޮތުންމެންބަރުން މަޝްވަރާ ކޮށްފައިވާކަމަށާއި ގޯލްޑަން ޖުބްލީގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ހަރަކާތައް ހިންގުމަށްބޭނުންވާ ބަޖެޓާއި އިންތިޒާމުތަކާއި ގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ބަދަލު ކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

"ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ"ގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްއިންނެވެ. އެމިނިސްޓްރީން ވަނީ ޓޫރިޒަމް ގޯލްޑަން ޖުބްލީއަށް ތައްޔާރުވުމަށް ޚާއްޞަ ޓާސްކްފޯރސް އެކުލަވާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖޫން 2017

މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު އެއްވެސް މައްސަލައެއް ނުބަލަން ފާސްކޮށްފި

15 ޖޫން 2017
މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު އެއްވެސް މައްސަލައެއް ނުބަލަން ފާސްކޮށްފި
12 ޖޫން 2017

ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި

12 ޖޫން 2017
ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި
12 އެޕްރީލު 2017

އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ ރައްޓެއްސަކަށް ރައުދާ މެސެޖްކުރި: ތަހްގީގު ކޮމިޓީ

12 އެޕްރީލު 2017
އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ ރައްޓެއްސަކަށް ރައުދާ މެސެޖްކުރި: ތަހްގީގު ކޮމިޓީ
09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
29 މާރިޗު 2017

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި
26 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

26 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!
20 މާރިޗު 2017

ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި

20 މާރިޗު 2017
ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް