Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަގަނޑޭ ކޮވިޑަށް ނެގެޓިވްވުން

ކޮވިޑަށް ނެގެޓިވްވެ ދަގަނޑޭއަށް ޓީމާ ގުޅުމުގެ ފުރުސަތު

4 ޖޫން 2021 | ހުކުރު 13:39

ދަގަނޑޭއަށް ޗައިނާ އާއި ފިިލިޕީންސާއާ ދެކޮޅަށް ކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2021 | ހުކުރު 13:39
ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)

ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑް-19 އަށް އެންމެ ފަހުން ކުރި ޓެސްޓު ނެގެޓިވުމުން، އޭނާއަށް ޓީމާ ގުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ދުބާއީގައި ކުޅޭއިރު، ދަގަނޑޭ ވައިރަހަށް ޕޮޒިޓިވްވީ ގައުމީ ޓީމުން ދުބާއީގައި ހަދަމުން އައި ތަމްރީނުތަކުގެ ތެރެއިން މިދިޔަ ހަފުތާގައެވެ. އެއާއެކު 10 ދުވަހަށް ދަގަނޑޭ ކަރަންޓީނުވާން ޖެހުނެވެ.

އެކަމަކު ދާދި ފަހުން ދަގަނޑޭ އަލުން ކޮވިޑަށް ޓެސްޓުކުރިއިރު، އޭނާގެ ނަތީޖާ މިހާރު ވަނީ ނެގެޓިވް ކަމަށް ދައްކާފައެވެ. އެހެންކަމުން ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށްފަހު ދަގަނޑޭ ގައުމީ ޓީމުގެ ފަރިތަކުރުންތަކާ ގުޅޭނެއެވެ. ދަގަނޑޭ ކޮވިޑަށް ނެގެޓިވްވިއިރު، އޭނާއާއެކު ޕޮޒިޓިވްވި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އަދިވެސް ޕޮޒިޓިވް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑަށް ނެގެޓިވްވުމާއެކު ދަގަނޑޭއަށް ޓީމާ ގުޅުމުގެ ފުރުސަތު ލިބުންއިރު، ދާދި ފަހުން އޭއެފްސީން ވަނީ ޝެޑިއުލަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު އޮތް ގޮތުން ހުކުރު ދުވަހުގެރޭ ސީރިއާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ޗައިނާއާ ދެކޮޅަށެވެ. އަދި ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށެވެ. އެހެންކަމުން ޗައިނާ އާއި ފިިލިޕީންސާއާ ދެކޮޅަށް ދަގަނޑޭއަށް ކުޅެވޭނެއެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 މެއި 2018

ޖަރުމަނުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ލޯ އާކޮށްފި

15 މެއި 2018
ޖަރުމަނުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ލޯ އާކޮށްފި
29 އެޕްރީލު 2018

ސްޕެނިޝް ލަލީގާ: ބެންޗު ޓީމާއެކު ރެއާލްއަށް މޮޅެއް

29 އެޕްރީލު 2018
ސްޕެނިޝް ލަލީގާ: ބެންޗު ޓީމާއެކު ރެއާލްއަށް މޮޅެއް
28 ޖޫން 2017

ބައިބަލާ މުބާރާތް 2017: 39 ޓީމާއެކު މުބާރާތް ފަށައިފި

28 ޖޫން 2017
ބައިބަލާ މުބާރާތް 2017: 39 ޓީމާއެކު މުބާރާތް ފަށައިފި
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް