Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގައި ކުއްލި ހާލަތު

މިސްރުން އުތުރު ސައިނާގައި ކާފިއު އިއުލާންކޮށްފި

14 ޖެނުއަރީ 2018 | އާދީއްތަ 07:02

ކާފިއު ހިންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޣައްޒާ އާ ގުޅޭ ރަފާ ބޯޑަރު ހުންނަ އަވަށާއި، އަލް-އާރިޝް އަވަށް ހިމެނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 14 ޖެނުއަރީ 2018 | އާދީއްތަ 07:02
މިސްރުގެ އުތުރު ސައިނާގެ އަވަށެއްގައި މިސްރުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކާއި އަސްކަރީ ވެހިކަލެއްގައި މިސްރުގެ ސިފައިން ފޯރިމަރަނީ (ފައިލް)

މިސްރުގެ އުތުރު ސައިނާގެ އަވަށެއްގައި މިސްރުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކާއި އަސްކަރީ ވެހިކަލެއްގައި މިސްރުގެ ސިފައިން ފޯރިމަރަނީ (ފައިލް)

މިސްރުން އުތުރު ސައިނާގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފި އެވެ.

މިސްރުގެ ސަރުކާރުގެ ރަސްމީ ގެޒެޓްގައި ވަނީ، އެގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރުމާއެކު، އުތުރު ސައިނާގެ ބައެއް ސަރަހައްދުތަކުގައި ހޮނިހިރު ދުވަހުން ފެށިގެން ކާފިއު ހިންގަން ފަށާފައިވާ ކަމަށެވެ.

ކާފިއު އިއުލާންކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ފަލަސްތީނުގެ ޣައްޒާ އާއި މިސްރު ގުޅޭ ރަފާ ބޯޑަރު ހުންނަ އަވަށުގައި ރޭގަނޑު ހަތަކުން ހެނދުނު ހަ އަކާއި ދެމެދު، އަދި ސައިނާގެ އަލް-އާރިޝް އަވަށުގައި މެންދަމު އެކަކުން ފަތިހު ފަހެއް ޖެހުމާ ދެމެދު ކާފިއު ހިންގާނެ އެވެ.

މިސްރުގައި ޓެރަރިޒަމްގެ ނުރައްކަލާއި ކުރިމަތިލުމަށާއި، ޓެރަރިޒަމަށް ޚަރަދު ކުރާ ފަރާތްތަކާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން ކަމަށް ބުނެ، އެގައުމުގެ ސަރުކާރުން ވަނީ ކުއްލި ހާލަތުގެ މުއްދަތު އިތުރު ތިން މަސް ދުވަހަށް އިތުރު ކުރުމަށް މިދިޔަ ހަފްތާގައި ނިންމާފައެވެ.

މިސްރުގެ އުތުރު ސައިނާ ސަރަހައްދުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް މިސްރުގެ އަސްކަރިއްޔާ އިން ދެކޮޅަށް އޮޕަރޭޝަންތައް ފަށާފައިވާތާ އަހަރުތަކެއް ވަނީވެފައެވެ. ސައިނާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ހަމަލާތަކުގައި މިސްރުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު މަރުވެފައިވެއެވެ.

އުތުރު ސައިނާގެ މިސްކިތަކަށް މިދިޔަ ނޮވެމްބަރު މަހު ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހަމަލާ އަށްފަހު މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސިސީ ވަނީ، ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމަށް މިސްރުގެ އަސްކަރިއްޔާ އަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީފައެވެ.

މިސްރު ސަރުކާރުގެ ގެޒެޓުގައިވާ ގޮތުން، އުތުރު ސައިނާގައި ހިންގާ ކާފިއު، ކުއްލި ހާލަތުގެ މުއްދަތު ނިމެންދެން ދެމިއޮންނާނެއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް