Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުން

ރާއްޖެއަށް ވެކްސިންގެ އެހީދޭން ނިންމުމާއެކު ރައީސްގެ ޝުކުރު އެމެރިކާއަށް

ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2021 | ބުރާސްފަތި 18:10
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

އެމެރިކާއިން ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެމެރިކާގެ ރައީސަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެގައުމުގެ ރައީސް ޖޯ ބައިޑެން ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން އިއުލާނުކޮށްފައިވާކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވެސް މައުލޫމާތު ދެއެވެ. އެކަމަށް ޝުކުރު އަދާ ކުރައްވައި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ހާލަތުގައި އެމެރިކާއިން ވެދޭ އެހީތެރިކަމަށްޓަކައި ރާއްޖެއިން މަރުހަބާކިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވާއިރު، އެމެރިކާއިން ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓުތައްވެސް ހުކުރު ދުވަހު ދިވެހިރާއްޖެއާ ރަސްމީކޮށް ހަވާލުކުރާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި އެހީއަކީ ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސިފަ ކުރައްވާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމެރިކާއިން ހުއްޓުމެއްނެތި އޭޝިއާގެ ގައުމުތަކަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ ދަށުން ރާއްޖެ، ޕާކިސްތާން، އަދި ސްރީލަންކާއަށް ދޭ އެހީގެ ސާމާނާއެކު ބުރާސްފަތި ދުވަހު އެމެރިކާއިން ފްލައިޓް ފުރާނެ ކަމަށެވެ.

މިއީ ޔޫއެސް އެއިޑްގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ. މީގެތެރޭގައި ހިމެނެނީ ކުއްލި ހާލަތުގައި ބޭނުންކުރާ ސާމާނު ކަމަށް ބްލިކެންގެ ޓްވީޓްގައި ވެއެވެ.

މީގެ ކުރިން ވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުނ ޕީޕިއީގެ 4 ބެޗާއި، ޕީސީއާރު މެޝިނަކާއި، 60 ވެންޓިލޭޓަރު ހަދިޔާކޮށްފައިވާ އިރު، ޔުނިސެފް މެދުވެރިކޮށް 750،000 ޑޮލަރުގެ އެހީ ރާއްޖެއަށް ދީފައިވެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު