Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޝްކާ ނިޔާވުން

އިހުމާލުގެ ރިޕޯޓު ނިމިއްޖެ، ތަފްސީލު މެންދުރު ފަހު ހާމަކުރަނީ

ކޮވިޑް-19 ރެސްޕޮންސްގައި އޮތީ އެންމެ 5 އެމްބިއުލާންސް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ޖޫން 2021 | ބުރާސްފަތި 07:19
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ހެލްތު ސިސްޓަމްގެ އިހުމާލު އެބައޮތް ކަމަށާއި އެކަމުގެ ތަހުގީގު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީން ބުނީ އިހުމާލު ރިޕޯޓުގެ ތަފްސީލު މެންދުރު ފަހު ހާމަ ކުރާނެ ކަމަށެވެ. މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސް އަށް ގުޅާތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރުވީ އިރު ވެސް އެޗްޕީއޭ އަދި އައިޖީއެމްއެޗުން ވެސް އެއްވެސް ސިއްހީ އެހީތެރިކަމެއް ނުލިބި ތިން ގަޑި އިރަށް ގާތްވެފައި ވަނިކޮށް ކުއްޖާ ބަލައި އައި އިރު ކުއްޖާއަށް ހާޓްއެޓޭކެއް ޖެހި ސިކުނޑި ވެސް މަރުވެ އެންމެ ފަހުން އެ ކުއްޖާ ނިޔާވި މައްސަލައިގައި ސިއްހީ ދާއިރާގެ ވަރަށް ބޮޑު ފެއިލިއަރއެއްވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިނިސްޓަރ ނަސީމް ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށާއި އަޅާ ފިޔަވަޅު އާންމު ވެސް ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މިޝްކާ ނިޔާވި މައްސަލާގައި އާއިލާއިން ބުނީ މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުން ކަމަށެވެ. އެއީ ކޮވިޑް-19ށް ޕޮޒިޓިވްވެ އައިސޮލޭޝަން އަށް ލީތާ 7 ވަނަ އަށް ވީ ދުވަހެވެ. އާއިލާއިން ބުނި ގޮތުގައި, އެމީހުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00 ގައެވެ. ގިނަ އިރުވެ އެމްބިއުލާންސް ނައުމުން އައިޖީއެމްއެޗް އަށް ވެސް ގުޅި ކަމަށާއި އެކަމަކު މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ.

ގޮތް ހުސްވެ ހާސްވެފައި ތިބި މިޝްކާގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި އެޗްޕީއޭގެ އިމަޖެންސީ ނަންބަރަށް ގުޅަމުން ކަމަށް ވެސް ބުންޏެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބެނީ އެއް ޖަވާބެއް ކަމަށާއި ކޮންމެ ފަހަރަކު ވެސް އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.

އާއިލާއިން ބުނީ ދެ ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. އަދި މިޝްކާގެ ވިންދު އައީ އައިޖީއެމްއެޗްގެ އިމަޖެންސީގައި, ސީޕީއާރް ދޭތާ 20 މިނިޓް ފަހުންނެވެ. އެކަމަކު އޭރު ރެސްޕޮންޑްނުކޮށް ގިނަ އިރުވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކުރިން އެ މައްސަލަ އެ ބޭފުޅުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭރުން ފެށިގެން އެކަން ބަލަމުން އަންނަ ކަމަށާއި، ޚުދު މިނިސްޓަރ އަމިއްލަފުޅަށް ވެސް އާއިލާއާ ކޮންޓެކްޓް ކުރެއްވި ކަމަށެވެ. އެގޮތުން އާއިލާއަށް ގުޅުއްވާ މާފަށް އެދިވަޑައިގެން ކަން ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސުލްޖމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެސް އާއިލާއަށް ގުޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ޔަގީންކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ވަރަށް ރަނގަޅަށް ބަލައި އުސޫލުތައް ވެސް އިސްލާހުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އެންމެ ފުރަތަމަ ފެންމަތިވެ އެންމެ ފުރަތަމަ މަރުގައި ވެސް ހަމަ އެމްބިއުލާންސް ލަސްވި މައްސަލަ ދިމާވެ އެ ކަންބޮޑުވުން އައިސްފައިވާއިރު، އޭރު ވެސް އެކަން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މި ހިސާބަށް އައި އިރު ވެސް ކޮވިޑް-19 ރެސްޕޮންސްގައި އޮތީ އެންމެ 5 އެމްބިއުލާންސް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާޒްގެ ޝަރީޢަތް މިއަދު މެންދުރު ފަހަށް ތާވަލް ކޮށްފި

ރިޔާޒްގެ ޝަރީޢަތް މިއަދު މެންދުރު ފަހަށް ތާވަލް ކޮށްފި

16 މެއި 2017
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

14 މެއި 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

08 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު