Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްމާޓް މީޓަރުތައް ހަރުކުރުން

ހިޔާ ފްލެޓްތަކުގައި ސްމާޓް މީޓަރުތައް ހަރުކުރަން ފަށައިފި

3 ޖޫން 2021 | ބުރާސްފަތި 07:14

ޙިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން 2019 ވަނަ އަހަރު ފެށި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 3 ޖޫން 2021 | ބުރާސްފަތި 07:14
ސްމާޓް މީޓަރުތައް ހަރުކުރަން ވަނީ ފަށާފައި

ސްމާޓް މީޓަރުތައް ހަރުކުރަން ވަނީ ފަށާފައި

ސްމާޓް މީޓަރު ތަޢާރަފުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވަނީ ސްމާޓް މީޓަރު ތަޢާރަފުކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފަހުގެ ޓެކްނޮލޮޖީތަކާ ރައްޓެހި ޚިދުމަތްތަކަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސްމާޓް މީޓަރު ތަޢާރަފުކުރުމަކީ ވެސް މުހިއްމު ސަމާލުކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. ސްމާޓް މީޓަރުގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ. މި ނިޒާމަށް ބޭނުންވާ ކޮމިއުނިކޭޝަން ޗެނަލްތައް ގުޅާލުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

Advertisement - newsAdvertisement

މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ސްމާޓް މީޓަރުތައް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައިކަމަށެވެ. އެގޮތުން ހިޔާ ޓަވަރުތަކުގެ ހުރިހާ އެޕާޓްމަންޓެއްގައި ވެސް ސްމާޓް މީޓަރ ހަރުކުރާނެކަމަށް މުޣުނީ ވިދާޅުވިއެވެ. މި ޚިދުމަތް ތަޢާރަފުކުރުމަށް ތަފާތު 3 ޓެކްނޮލޮޖީއެއް ސްޓެލްކޯއިން ދަނީ ބަލަމުންނެވެ. އަދި މީގެން ކޮންމެ ޓެކްނޮލޮޖީއެއް ވެސް ބޭނުންކުރެވޭނެހެން އެކުންފުނިން ވަނީ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށްފައެވެ. މިގޮތުން ހިޔާ ފްލެޓްތަކުގައި ބޭނުންކުރާނެ ސްމާޓް މީޓަރުތައް ރާއްޖެ ގެނެސް، ޕްރޫފް ކޮންސެޕްޓްގެ މަސައްކަތް ނިންމާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދަނީ އީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ. ސްމާޓް މީޓަރުތައް ހަރުކުރަމުންދާއިރު، މި ނިޒާމު ފަސޭހައިން ބޭނުންކުރެވޭނެގޮތަށް ފަރުމާކުރާ ސްމާޓް އެޕްލިކޭޝަންގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ. މިއީ ސްމާޓް މީޓަރާއެކު ތަޢާރަފުކުރާ ޚާއްސަ މޯބައިލް އެޕްލިކޭޝަނެކެވެ.

މާލޭ ސަރަޙައްދެކޭ އެއްފަދައިން އަތޮޅުތަކުގައި ވެސް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށަށް ސްމާޓް މީޓަރ ތަޢާރަފުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި ޚިދުމަތް ތަޢާރަފުކުރުމުން ކަސްޓަމަރުންނަށް އެމީހުންގެ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރާއި، ބިލަށް އަރާވަރު ކޮންމެތަނެއްގައި ހުރެގެން ވެސް ރިއަލް ޓައިމްކޮށް ބަލައިލެވޭނެއެވެ. އަދި ބިލަށް އެންމެ މަތިން އަރާނެ ޢަދަދެއް ކަނޑައަޅައި، ކަރަންޓް ޔޫސޭޖް އެ ޢަދަދަކާ ގާތްވުމުން ކަސްޓަމަރަށް އެކަން ނޮޓިފައިކޮށްދިނުމާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް އަރާފައިވާނަމަ ޚިދުމަތް މެދުކަނޑާލަން އެދުންފަދަ ލުއިފަސޭހަތައް ކަސްޓަމަރުންނަށް މި ޚިދުމަތާއެކު ލިބިގެންދާނެއެވެ.

ސްމާޓް މީޓަރުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު ސްޓެލްކޯގެ މަސައްކަތްތަކަށް ވެސް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އެގޮތުން މި ޚިދުމަތް ގިނަ ގޭބިސީތަކަކަށް ތަޢާރަފުކުރެވިއްޖެނަމަ، ކަސްޓަމަރުން އާއްމުކޮށް އެންމެ ގިނައިން ކަރަންޓް ބޭނުންކޮށް އުޅޭ ވަގުތުތަކާއި، ކަރަންޓް ބޭނުންކުރާ މިންވަރު ވަގުތުން ބަލައިލެވޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި

18 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި
15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް