Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ފެތުރުން ކޮންޓްރޯލްކުރުން

މިހާރު ފެތުރޭ ވޭރިއަންޓަކީ ވަރަށް އަަވަހަށް މީހާ ބަލިކޮށްލާ ވޭރިއަންޓެއް، ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެއްބާރުލުންދީ: މިނިސްޓަރ

އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށް އެދިވަޑައިގެންނެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖޫން 2021 | ބުރާސްފަތި 03:03
އާރުއާރްތީ ޓީމުން ރޭންޑަމް ސާމްޕަލް ނަގަނީ

އާރުއާރްތީ ޓީމުން ރޭންޑަމް ސާމްޕަލް ނަގަނީ

ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ވޭރިއަންޓަކީ ވަރަށް އަަވަހަށް މީހާ ބަލިކޮށްލާ ވޭރިއަންޓެއްކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރީގައި ރާއްޖޭގައި ފެނިފައިވާ ކޮވިޑް ކޭސްތަކަށް ބަލާއިރު ގެޔަކުން އެކަަކަށް ކޮވިޑް ޖެހުމަށްފަހު ދެން ތިބި މީހުންނަށް ނުޖެހި ސަލާމަތްވާކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ގެޔަކުން އެކަކަށް ކޮވިޑް ޖެހުމާއެކު ގޭގައި ދެން ތިބި އެންމެންނަށްވެސް ވައިރަސް ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް ކިތަންމެ ގެޔެއްގައި ކަންކަން ހިނގާފައި އެބަހުރިކަމަށާއި އެއް އިމާރާތެއްގައި އެކި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުން އެއް އެޕާޓްމަންޓުން އަނެއް އެޕާޓްމެންޓަށް ނުދިޔުމަށް އެެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު އެޅިފައިވާ ފިޔަވަޅުތަކާއެކު ވެސް ކޮންމެސް ވަރަކަށް ކޭސްތައް ދަށަށްދާން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ އެވަގުތަކު ލިބެން ހުރި ވެކްސިނެއް ޖެހުމަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިބަލީގައި ނިޔާވެފައިވާ މީހުންގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ މީހުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޚާއްސަކޮށް ދޮށީ އުމުރުގެ މީހުންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން އެބަތިބިކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އެކި ސަބަބުތަކާހެދި ވެކްސިން ޖެހުމަށް ނާދެވޭ މީހުންނަށް ވެކްސިން ޖަހައިދިނުމުގެ ކަންކަން އެގޭގެއަށްގޮސްގެން ކުރުމަށް މާލެ ސަރަހައްދުގައި ހަތަރު ޓީމަކުން މިހާރު މަސައްކަތްކުރަމުން އަންނަކަމަށެވެ. މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން އެމަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅަކާއި ކުރިމަތިވެފައިވާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ހާހަކުން މަތިން ގާތްގަނޑަކަށް ތިން ހަފްތާވަންދެން ވަނީ ރިޕޯޓްކޮށްފައެވެ. ކޭސްތައް މައްޗަށްދާން ފެށުމުން މާލެ ސަރަހައްދުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ހަވީރު 4ން ފެށިގެން ހެނދުނު 8 ޖެހުމާ ހަމައަށް ކާފިއު ހިންގަމުން އަންނައިރު ކާފިއު ނޫން ގަޑިތަކުގައި ބޭރު ތެރޭގައި އުޅެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު