Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް

ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

2 ޖޫން 2021 | ބުދަ 21:32

ނެދަލެންޑްސް އާއި ސްކޮޓްލެންޑް އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖޫން 2021 | ބުދަ 21:32
 ޖަރުމަނާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ޖަރުމަނާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބުދަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން ޖަރުމަނާއި ނެދަލެންޑްސްވެސް އެއްވަރުވެއްޖެއެވެ.

އޮސްޓްރިއާގައި ކުޅުނު މެޗުން ޖަރުމަން އެއްވަރުވީ ޑެންމާކާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޖަރުމަނުން ވަނީ މެދުކެނޑުމަކަށްފަހު ސްކޮޑުން ފުރުސަތު ދިން ބަޔާން މިއުނިކުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ އާއި ބޮރޫޝިއާ ޑޯޓްމުންޑުގެ ތަޖުރިބާކާރު ޑިފެންޑަރު މެޓްސް ހަމެލްސް ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފްލޯރިއަން ނެއުހައުސްއެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ޔޫސުފް ޕޯލްސެން ވަނީ ޑެންމާކަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ޖަރުމަން އެއްވަރުވިއިރު، މި ފަހަރުގެ ޔޫރޯގައި އެ ގައުމު ހިމެނެނީ ގްރޫޕް އެފް ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ހަންގޭރީ، ޕޯޗުގަލް އަދި ފްރާންސެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ނެދަލެންޑްސް އެއްވަރުވީ ސްކޮޓްލެންޑާ ބައްދަލުކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ޕޯޗުގަލުގައި ކުޅުނު މި މެޗުގައި ދެ ގައުމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސްކޮޓްލެންޑުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޖެކް ހެންޑްރީއެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން މެމްފިސް ޑިޕާއި ވަނީ ލަނޑެއް ޖަހައި، ނެދަލެންޑްސްއަށް ނަތީޖަ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ 64 ވަނަ މިނެޓުގައި ކެވިން ނިސްބެޓް ޖެހި ލަނޑާއެކު ސްކޮޓްލެންޑް ވަނީ އަލުން ލީޑުނަގާފައެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޑިޕާއި ވަނީ ހިލޭ ޖެހުމަކުން އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ނެދަލެންޑްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު އެކުވެރިކަމުގެ މެޗުން ނެދަލެންޑްސް އެއްވަރުވިއިރު، މި ފަހަރުގެ ޔޫރޯގައި އެ ގައުމު ހިމެނެނީ ގްރޫޕް ސީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރިއާ، ނޯތު މެސެޑޯނިއާ އަދި ޔޫކްރޭނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް