Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ގައި ކުޑަކުއްޖަކު ނިޔާވުން

ފަރުވާ އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން ކުށްވެރިކުރަން- އެޗްއާރްސީއެމް

3 ޖޫން 2021 | ބުރާސްފަތި 07:32

ސިއްހީ ފަރާތްތަކުން ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަކަށް ދިނުމަށް އިލްތިމާސް ކުރާކަމަށް އެޗްއާރްސީއެމުން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ޖޫން 2021 | ބުރާސްފަތި 07:32
އެޗްއާރްސީއެމުން ބުނީ ފަރުވާ ދިނުމުގައި ކަން ހިނގާފައިވާ ގޮތް އެ ކޮމިޝަނުން ބަލާނެ ކަމަށް

އެޗްއާރްސީއެމުން ބުނީ ފަރުވާ ދިނުމުގައި ކަން ހިނގާފައިވާ ގޮތް އެ ކޮމިޝަނުން ބަލާނެ ކަމަށް

ބަލިމީހާއަށް ލިބެންޖެހޭ ސިއްހީ ފަރުވާ އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން ކުށްވެރިކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

ކޮވިޑް-19ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ބުނީ، ފަރުވާ ދިނުމުގައި ކަން ހިނގާފައިވާ ގޮތް އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.

Advertisement - newsAdvertisement

ނިޔާވެފައި ވަނީ ހދ. ކުޅުދުއްފުށީ ލާޖަހާގޭ ފާތިމަތު މިޝްކާއެވެ. އޭނާގެ އާއިލާއިން ބުނިގޮތުގައި، ކުއްޖާގެ ހާލު ދެރަވެ އެޗްޕީއޭއަށް އެންގީ 31 ވަނަ ދުވަހުގެ ރޭ 9 ޖެހި އިރުއެވެ. އެތައް ފަހަރަކު ގުޅައިގެން އެދުމުން ވެސް އެޗްޕީއޭއިން ބުނީ "މެޑިކަލް ޓީމަށް ގުޅައި، އަންގައިފި" ކަމަށެވެ. އެހެންނަމަވެސް، ދެ ގަޑި އިރު ވެގެން ދިޔަ އިރު ވެސް އެމްބިއުލާންސް ނާންނަ ކަމަށެވެ. ކޮވިޑް-19 ޕޭޝަންޓެއް ކަމުން އައިޖީއެމްއެޗުން ވެސް ފަރުވާދޭން އެއްބަސް ނުވި ކަމަށާއި އެންމެ ފަހުން އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވީ ދެ ގަޑި އިރު ފަހުން އެ ރޭ 11:30 ހާއިރު ކަމަށް ބުނެފައިވެއެވެ.

އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ހޭ ވެސް ނެތްކަމަށާއި، ކުއްޖާ އޮތީ ހުއްޓިފައި ކަމަށެވެ. އެމްބިއުލާންސް ފޮނުވުމުގައި ލަސްވި ކަމަށް ހެލްތު މިނިސްޓްރީން ވެސް އިއުތިރާފުވެފައިވެއެވެ.

އެޗްއާރްސީއެމުން ބުނީ ނިޔާވި ކުޑަކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށާއި، މި އުނދަގޫ ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެެދި ދުޢާކުރާ ކަމަށެވެ. އަދި ކޮވިޑް-19 ގެ މި ހާލަތުގައި ސިއްހީ ފަރާތްތަކުން ދޭން ޖެހޭ ފަރުވާ ވީހާ ވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް