Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންގްލެންޑުގެ ސްކޮޑް ފައިނަލްކުރުން

އާނޯލްޑް ހިމަނައިގެން އިންގްލެންޑުގެ ސްކޮޑް ފައިނަލްކޮށްފި

ސްކޮޑުން މެގުއާ އާއި ހެންޑަސަންއަށްވެސް ވަނީ ފުރުސަތު ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖޫން 2021 | އަންގާރަ 19:01
އިންގްލެންޑުން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް

އިންގްލެންޑުން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް

ލިވަޕޫލުގެ ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހިމަނައިގެން ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން އެކުލަވާލި ސްކޮޑް ފައިނަލްކޮށްފިއެވެ.

މީގެ ކުރިން އިންގްލެންޑުން ނަގާފައިވަނީ 33 ކުޅުންތެރިންގެ ވަގުތީ ސްކޮޑެކެވެ. އެ ސްކޮޑުން ހަތް ކުޅުންތެރިއަކު މަދުކުރިއިރު، އޭގެ ތެރޭގައި އަނިޔާވެގެން ސްކޮޑުން ބާކީކުރި މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ހިމެނެއެވެ. ދެން ސްކޮޑުން ބާކީކުރީ ވެސްޓް ހޭމް ޔުނައިޓެޑުގެ ޖެސޭ ލިންގާޑާއި، ޝެފީލްޑް ޔުނައިޓެޑުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލާއި، ބްރައިޓަންގެ ބެން ވައިޓާއި، އެވަޓަނުގެ ބެން ގޮޑްފްރޭ އާއި، ސައުތެމްޓަންގެ ޖޭމްސް ވާޑް-ޕްރައުސް އަދި އެސްޓަން ވިލާގެ އޮލީ ވަޓްކިންސްއެވެ.

އަންގާރަ ދުވަހުގެރޭ ފައިނަލްކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި އާނޯލްޑް ހިމަނަން ގެރެތު ސައުތުގޭޓް ނިންމިއިރު، އަންގާރަ ދުވަހު އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ފައިނަލް ސްކޮޑުން އޭނާއަށް ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސައުތުގޭޓް ވަނީ އާނޯލްޑާއެކު ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަންވެސް ސްކޮޑުގައި ހިމަނާފައެވެ.

މި ފަހަރުގެ އިންގްލެންޑުގެ ސްކޮޑުގައި އާނޯލްޑް ހިމެނިއިރު، މި ފަހުން ފީފާ ވޯލްޑް ކަޕުގެ ޔޫރަޕިއަން ކޮލިފައިންއަށް ނެގި އިންގްލެންޑުގެ ސްކޮޑުން އާނޯލްޑަށް ފުރުސަތު ދީފައެއް ނުވެއެވެ. އެކަމަކު މި ސީޒަނުގެ ފަހު މެޗުތަކުގައި އާނޯލްޑް މޮޅު ކުޅުމެއް ދެއްކުމާއެކު، ސައުތުގޭޓް ވަނީ 26 ކުޅުންތެރިންގެ ސްކޮޑުގައި އޭނާ ހިމަނާފައެވެ. މީގެ އިތުރުން އަނިޔާއިން ރަނގަޅުވެގެން ފިޓްނަސްއަށް މަސައްކަތްކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާއަށްވެސް ފުރުސަތު ދޭން ސައުތުގޭޓް ވަނީ ނިންމާފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ޔޫރޯ ފަށާއިރު، އެ މުބާރާތުގައި އިންގްލެންޑް ހިމެނުނީ ގުރޫޕް ޑީ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް އަދި ސްކޮޓްލެންޑެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު އިންގްލެންޑް ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަގަނޑޭ އަދި އާ ދެކުޅުންތެރިންނާއެކު ގައުމީ ސްކޮޑް އެކުލަވާލައިފި

ދަގަނޑޭ އަދި އާ ދެކުޅުންތެރިންނާއެކު ގައުމީ ސްކޮޑް އެކުލަވާލައިފި

07 ނޮވެމްބަރު 2017
އެފްއޭ ކަޕް ދިފާއު ކުރުމަށް، ޗެމްޕިއަން ވެލެންސިއާއިން ސްކޮޑް ވަރުގަދަ ކުރަނީ

އެފްއޭ ކަޕް ދިފާއު ކުރުމަށް، ޗެމްޕިއަން ވެލެންސިއާއިން ސްކޮޑް ވަރުގަދަ ކުރަނީ

29 ޖުލައި 2017
ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް

ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް

20 ޖޫން 2017
 ހަތަރު ކުޅުންތެރިން ބާކީކޮށް ގައުމީ ސްކޮޑް އިއުލާން ކޮށްފި

ހަތަރު ކުޅުންތެރިން ބާކީކޮށް ގައުމީ ސްކޮޑް އިއުލާން ކޮށްފި

04 ޖޫން 2017
އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ

އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ

28 މެއި 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު