Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދޫ ބަނދަރު ތަރައްޤީކުރުން

އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އާއެކު ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ފެންނާނެ ކަމުގެ އުއްމީދު ވަނީ އާވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 1 ޖޫން 2021 | އަންގާރަ 04:39
ހއ. އިހަވަންދޫ ބަނދަރު

ހއ. އިހަވަންދޫ ބަނދަރު

ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ އިރު، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

Advertisement - newsAdvertisement

އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4،582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.

ރާއްޖެ އެމްވީއާ ވާހަކަދައްކަވަމުން ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވަނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އާއެކު ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ފެންނާނެ ކަމުގެ އުއްމީދު އާވެއްޖެ ކަމަށް ވިދާޅުވެފައެވެ. ރަޝީދު ވިދާޅުވީ އިހަވަންދޫ އަކީ މަސްވެރިކަން ކުރާ ރަށެއްގެ އިތުރުން ވިޔަފާރި ބޭނުމަށް ގިނަ އުޅަނދު ގެންގުޅޭ ރަށެއް ކަމަށެވެ. އަދި މާލެ ދަތުރު ކުރުމަށްވެސް ގިނަ ބޯޓު ފަހަރު އެރަށުގައި އޮންނަ ކަމަށާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ކުރިން ފަޅުގައި ޖާގައިގެ ދަތިކަން އިންތިހާއަށް އޮންނަ ކަމަށާއި މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. 19 ވަރަކަށް މަސް ދޯނި އޮންނަ އިރު މި ދޯނިތައް ފަޅުގައި އެޅޭނެ ގޮތެއް ނޯންނަ ކަމަށާއި މޫސުން ގޯސް ވާ ދުވަސްދުވަހު މޫދުގެ ބާނިތަކުގެ ސަބަބުން ވެސް އެކިއެކި ގޮންޖެހުންތަކާ ކުރިމަތި ވާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ފަޅުގެ ބައެއް ހިސާބުތައް ތިލަ ވުމާއެކު އެކި ހިސާބުތަކަށް ވެލި އެރުމުގެ މައްސަލަ ވެސް ދިމާވާކަމަށް ވެސް ރަޝީދު ފާހަގަކުރެއްވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގެ ރިޔާސީ ވައުދުޅެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަޝްރޫއު އާއެކު ރައްޔިތުންގެ އުއްމީދުތައް އައު ވެފައިވާ ކަމަށާއި ރައްޔިތުން އެދޭ ބަދަލު މި މަޝްރޫއު ނިމޭއިރު ފެންނާނެ ކަމަށް ބެލެވޭ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އެގޮތުން މި މަޝްރޫއު އާ ބެހޭ ބައްދަލުވުންތަކުގައި ރައްޔިތުންގެ ހިޔާލު ހޯދާފައިވާ ކަމަށާއި މި މަޝްރޫއު ނިމޭއިރު ބަނދަރު ހެދިފައި އޮންނާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު