Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ"ޕެންޑަމިކް ޓްރީޓީ"އެއް އެކުލަވާލުމުގެ މަސައްކަތް

"ޕެންޑަމިކް ޓްރީޓީ"އެއް އެކުލަވާލުމުގެ ވަގުތު ޖެހިއްޖެ: ޑަބްލިޔުއެޗްއޯ

ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާކޮށް އެފަދަ ޓްރީޓީއެއް އެކުލަވާލަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މެއި 2021 | ހޯމަ 19:56
ޑަބްލިއުއެޗްއޯގެ  ޑިރެކްޓަރ ޖެނެރަލް

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް

ޕެންޑަމިކާއި ގުޅޭ ބައިނަލްއަގްވާމީ ޓްރީޓީ އެއް އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަންޖެހޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވެއްޖެއެވެ.

ޓެޑްރޯސް ވިދާޅުވީ, "އިންޓަރނޭޝަނަލް ޓްރީޓީ އޮން ޕެންޑަމިކް ޕްރިޕެއަރޑްނެސް އެންޑް ރެސްޕޯންސް"ގެ ނަމުގައި ޓްރީޓީއެއް އެކުލަވާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާކޮށް އެކަމަށް އަމަލީ ސިފައެއް ގެންނަންޖެހޭ ކަމަށެވެ.

މީގެއިތުރުން ޑަބްލިޔުއެޗްއޯގެ މިނިސްޓީރިއަލް އެސެމްބަލީ ނިންމާލައްވަމުން، ޓެޑްރޯސް ވަނީ އެޖަމިއްޔާ ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް ފަންޑު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ޑަބްލިޔުއެޗްއޯ މިހާރަށްވުރެ ހަރުދަނާކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ސިއްހީ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި، އަދި އެފަދަ ގޮތަކަށް ކަންކަން ކުރުމަށް ޓްރީޓީއެއް އެކުލަވާލަންޖެހޭ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އަދި މެމްބަރު ގައުމުތަކުގެ ގުޅުން މިހާރަށްވުރެ ބޮޑަށް ރަނގަޅުކުރަންޖެހޭ ކަމަށްވެސް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ޕެންޑަމިކްގައި ދުނިޔެ އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު، އަދި އެންމެ ބޮޑަށް ދިގުލައިގެންދާ މިފަދަ ވަބާއެވެ.

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

29 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް
19 ސެޕްޓެމްބަރު 2017

ޓްރަމްޕްގެ ޔޫއެން ސްޕީޗާ މެދު ބައެއް ޑިޕްލޮމެޓުން ހިތްހަމަނުޖެހިއްޖެ

19 ސެޕްޓެމްބަރު 2017
ޓްރަމްޕްގެ ޔޫއެން ސްޕީޗާ މެދު ބައެއް ޑިޕްލޮމެޓުން ހިތްހަމަނުޖެހިއްޖެ
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި
12 ޖުލައި 2017

އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

12 ޖުލައި 2017
އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން
10 ޖުލައި 2017

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު