Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

29 ސެޕްޓެމްބަރު 2017 | ހުކުރު 09:23

މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 29 ސެޕްޓެމްބަރު 2017 | ހުކުރު 09:23
އދ  ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ  ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

މިޔަންމާގެ ހާލަތާ ބެހޭގޮތުން އދ ސެކިޔުރިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ގުޓަރޭސް ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ "މިއަދު ދުނިޔޭގައި އެންމެ ބޮޑުވަމުންދާ ރެފިއުޖީ އިމާޖެންސީ ކަމަށާއި އަދި އިންސާނިއްޔަތާ ގުޅިފައިވާ އަދި އިންސާނީ ހައްގުތަކާ ގުޅިފައިވާ ބިރުވެރިކަމެއް ކަމަށެވެ."

ގުޓަރޭސް ވިދާޅުވީ އިންސާނީ ކާރިސާ އަކީ، ހައްދުފަހަނައަޅައި ދިޔުމާއި، ކުށްވެރިން އުފެދުމާއި އަދި ހިއުމަން ޓްރެފިކް ކުރާ ފަރާތްތައް އުފެދުމަށް ދިމާވާނެ ކަމެއް ކަމަށެވެ. ގުޓަރޭސް އިތުރަށް ވިދާޅުވީ މިޔަންމާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު މިޔަންމާ ސަރުކާރުން ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށާއި އަދި ގައުމު ދޫކޮށް ގޮސްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއެކު ގައުމަށް އާދެވެން ޖެހޭނެ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ.

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް