Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫގެ ހާއްސަ އޮފަރތައް

ގޭގައި ތިއްބަވާ! އުރީދޫން ޑަބަލް ޑޭޓާއާ އެކު ހާއްސަ އޮފަރ ތަކެއް

31 މެއި 2021 | ހޯމަ 14:02

މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތެއް ލިބުމަކީ މުހިންމުކަމެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 31 މެއި 2021 | ހޯމަ 14:02
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް

ކޯވިޑް 19އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ޚާއްޞަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ 2 ޖޫން 2021 އިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތަފާތު ދިހަ އޮފަރ އެއް ހުޅުވާލާފައިވާ ކަމަށެވެ.

2 ޖޫން 2021 އިން ފެށިގެން ލިބިވަޑައިގަންނަވާ ޚާއްޞަ އޮފަރތައް:

-     ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި ހަމައަށް އިތުރު ޑޭޓާ

-     ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އާއި ހަމައަށް އިތުރު ޑޭޓާ

-     ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފަރާތްތަކަށް %200އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު'، 'އެކު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' ގެންގުޅުއްވާ ފަރާތްތަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ.

-     ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް %50 އާއި ހަމައަށް އިތުރު ޑޭޓާ

-     ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާއި ހަމައަށް އިތުރު ޑޭޓާ

-     2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން

-     ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' އަށްވެސް އަޕްގްރޭޑްކޮށްލެވޭނެއެވެ.

-     އާޗާ 1ޖީބީ ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2 ޖީބި ލިބިގެންދާނެ

-     މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ

-     ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން

އެ ކުންފުނިން ހުޅުވާލި މި އޮފަރ ތަކަކީ މީގެ ކުރިން ވެސް ލޮކްޑައުން ހާލަތުގައި މާލެ އޮތް އިރު ވެސް އެ ކުންފުނިން ދީފައިވާ ޚިދުމަތެކެވެ. އެ ކުންފުނިން ބުނީ އެ  އޮފަރތައް އަލުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތެއް ލިބުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެން ކަމަށެވެ.

"ކޮވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އަޅުގަނޑުމެންގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިންދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ޚާއްޞަ އޮފަރތަކާއި އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާއި ގުޅުވާލަދީ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން ހުޅުވާލާފައިވާ މި ހާއްސަ އޮފަރތަކާއިއެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ޚިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެއެވެ. މި އޮފަރތަކާއި ގުޅޭ އޮތުރު މައުލޫމާތު http://ore.do/covid19އިން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2019

160 ބައިވެރިންނާއެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ދަރުބާރުގޭގައި ފަށައިފި

07 އޮކްޓޯބަރު 2019
160 ބައިވެރިންނާއެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ދަރުބާރުގޭގައި ފަށައިފި
29 ޖުލައި 2019

ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ނޮވެލްޓީ ބުކްފެއަރ މިއަހަރު ދަރުބާރުގޭގައި!

29 ޖުލައި 2019
ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ނޮވެލްޓީ ބުކްފެއަރ މިއަހަރު ދަރުބާރުގޭގައި!
14 އެޕްރީލު 2019

ލިކަމެކް ނައިޓް މާކެޓް މިމަހުގެ 17 އިން 26 އަށް ދަރުބާރުގޭގައި!

14 އެޕްރީލު 2019
ލިކަމެކް ނައިޓް މާކެޓް މިމަހުގެ 17 އިން 26 އަށް ދަރުބާރުގޭގައި!
27 ނޮވެމްބަރު 2018

ނައިޓް މާކެޓް މިފަހަރު ދަރުބާރުގޭގައި، ފޯމް ދޫކުރުން އަންނަ މަހު

27 ނޮވެމްބަރު 2018
ނައިޓް މާކެޓް މިފަހަރު ދަރުބާރުގޭގައި، ފޯމް ދޫކުރުން އަންނަ މަހު
25 އޮކްޓޯބަރު 2018

ނިރު އެކްސެލެރޭޓަރގެ ދެވަނަ ފިޔަވަހި އުރީދޫން ފަށައިފި!

25 އޮކްޓޯބަރު 2018
ނިރު އެކްސެލެރޭޓަރގެ ދެވަނަ ފިޔަވަހި އުރީދޫން ފަށައިފި!
13 ޖުލައި 2018

ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމުގެ މަޝްވަރާގެ ފުރަތަމަ ބުރު ނިމިއްޖެ

13 ޖުލައި 2018
ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމުގެ މަޝްވަރާގެ ފުރަތަމަ ބުރު ނިމިއްޖެ
11 ޖުލައި 2018

ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް

11 ޖުލައި 2018
ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް
20 އެޕްރީލު 2018

އަގުހެޔޮ އާ ޑޭޓާ ޕެކޭޖްތަކެއް އުރީދޫން ތައާރަފް ކޮށްފި

20 އެޕްރީލު 2018
އަގުހެޔޮ އާ ޑޭޓާ ޕެކޭޖްތަކެއް އުރީދޫން ތައާރަފް ކޮށްފި
17 ޑިސެމްބަރު 2017

ގޭމް ކުޅުމަށް އުރީދޫން ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި

17 ޑިސެމްބަރު 2017
ގޭމް ކުޅުމަށް އުރީދޫން ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި
26 އޯގަސްޓު 2017

އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް

26 އޯގަސްޓު 2017
އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް