Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ހޮޓެލް އޭޝިއާ އެގްޒިބިޝަން

160 ބައިވެރިންނާއެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ދަރުބާރުގޭގައި ފަށައިފި

މި ފަހަރުގެ އެގްޒިބިޝަންގައި 45 ގައުމަކަށް ނިސްބަތްވާ އެގްޒިބިޓަރޒް ބައިވެރިވެފައިވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2019 | ހޯމަ 14:13
ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހުންނަ އީވޯގެ ސްޓޯލް

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހުންނަ އީވޯގެ ސްޓޯލް

ދެކުނު އޭޝިއާ ޞަރަޙައްދުގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ ކަމުގައިވާ، ހޮޓެލް އޭޝިއާ އެގްޒިބިޝަން 2019, ދަރުބާރުގޭގައި ފަށައިފިއެވެ.

މި ފަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބައިވެރިވީ އެގްޒިބިޓަރުން ނިޞްބަތްވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިއާ، ޗައިނާ، ތައިލެންޑް، އޮސްޓްރޭލިއާ، ނިއު ޒިލެންޑް، ދުބާއީ، ސިންގަޕޫރު، މެލޭޝިއާ، ހޮންގ ކޮންގ، އިންޑޮނޭޝިއާ، ކެނެޑާ، ޖަރުމަންވިލާތް، އިޓަލީވިލާތް، އެމެރިކާ އަދި ސްވިޓްޒަލެންޑް ހިމެނެއެވެ.

Advertisement - businessAdvertisement

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެގްޒިބިޝަންގެ ބައިވެރިންގެ ސްޓޯލްތަކުން އެ ފަރާތްތަކުގެ އެންމެ ފަހުގެ އުފެއްދުންތަކާއި، އަލަށް ތަޢާރަފު ކުރާ އުފެއްދުންތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ބޭނުންވާ ޒާތުގެ އުފެއްދުންތަކާބެހޭ މައުލޫމާތު ލިބޭނެ ކަމަށް އެގްޒިބިޓަރުން މައުލޫމާތު ދެއެވެ.

އެގޮތުން މި އެގްޒިބިޝަންގެ ސްޕޮންސަރެއްގެ ގޮތުގައި، މި ޓްރޭޑް ޝޯ ފެށުނީއްސުރެން ބައިވެރިވަމުން އަންނަ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ގެ ސީއީއޯ އޭ.ވީ.އެސް ސުބްރަމާނިއަމް ވިދާޅުވީ، މިއީ އެ ކުންފުނީގެ މިހާރުގެ ކަސްޓަމަރުންނާ އެކު ޚިޔާލު ބަދަލުކޮށްލާ، އެފަރާތްތަކުން ބޭނުންވާ މައުލޫމާތު ލިބިގަތުމަށް ލިބޭ ފަހި ފުރުޞަތެއް ކަމަށެވެ. އަދި މި އެގްޒިބިޝަނަކީ، ފަތުރުވެރިކަމާއި، އެ ސިނާއަތާއި ގުޅުން ހުރި ހުރިހާ ދާއިރާތަކެއްގެ ފަރާތުން ބައިވެރިވާ އެގްޒިބިޝަންއަކަށް ވުމުން، ބީބީއެމުން ދެކެނީ މި ފުރުޞަތަކީ އެ ކުންފުނީގެ މަރކެޓް ބޮޑުކުރުމަށާއި އައު އުފެއްދުންތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައެވެ.

އެގްޒިބިޝަންގައި ބައިވެރިވި އީވޯ ހޯމްގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ، މިއީ އެ ކުންފުނީގެ އައު އުފެއްދުންތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި ފަހަރުވެސް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް، އިވޯގެ ސްޓޯލުން ފެންނާނެކަމަށް ވެސް އޭނާ ބުންޏެވެ. މިއީ އީވޯއިން މި އެގްޒިބިޝަންގައި ވިދިވިދިގެން ބައިވެރިވާ ހަތަރުވަނަ އަހަރެވެ.

މި އެގްޒިބިޝަންގައި ބައިވެރިވި އެގްރޯ މޯލްޑިވްސްގެ ވާހަކަތައް ވެސް ހުރީ ހަމަ އެ މޭރުމުންނެވެ. އެގޮތުން އެ ކުންފުނިންވެސް މިފަހަރުގެ އެގްޒިބިޝަންގައި އައު އުފެއްދުންތަކެއް ލޯންޗް ކުރާ އިރު، މިއީ ކަސްޓަމަރުންނަށް އެތަކެތި ދައްކާލާ، އަޖުމަ ބަލާލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެކުންފުނިންވެސް ފާހަގަކުރެއެވެ. އަދި އެގްޒިބިޝަން މެދުވެރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް، އަވަސް ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އެގްރޯ މޯލްޑިވްސްއިން ބުނެފައިވެއެވެ.

ހޮސްޕިޓާލިޓީ ޓްރޭޑް ޝޯގެ އިތުރުން، ޝެފުންގެ ހުނަރު ދައްކާލާ ކަލިނަރީ ޗެލެންޖެއްވެސް މި އެގްޒިބިޝަންގެ ތެރެއިން އޮންނާނެއެވެ. މި ކަލިނަރީ ޗެލެންޖުގައި ގިނަ ޝެފުންތަކެއް ބައިވެރިވާއިރު، ވަނަތައް ހޮވާ ފަނޑިޔާރުންގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ މަޝްހޫރު ޝެފުންނާއި ދިވެހި ޝެފުން ހިމެނޭކަންވެސް ފާހަގަކޮށްލެވެއެވެ. ކަލިނަރީ ޗެލެންޖް ފަށާފައިވަނީ އާދިއްތަ ދުވަހުގައެވެ. އަދި މަޝްހޫރު ކައްކާއިން މައުލޫމާތުދޭ ވޯކް ޝޮޕްތަކެއްވެސް ބާއްވަން ހަމަޖެހިފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭ ކުރިޔަށްދާ މި އެގްޒިބިޝަންގައި ޖުމްލަ 160 ސްޓޯލް ހިމެނެއެވެ. އަދި މި ފަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި 45 ޤައުމަކަށް ނިޞްބަތްވާ އެގްޒިބިޓަރުން ބައިވެރިވެފައިވާ އިރު، މިއީ މި އެގްޒިބިޝަން ބާއްވާ 15 ވަނަ އަހަރެވެ. މި އެގްޒިބިޝަންގައި ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި ރެސްޓޯރަންޓްތަކުގެ މަސްއޫލުވެރިން ބައިވެރިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއާއޭޝިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

އެއާއޭޝިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

08 ޖެނުއަރީ 2018
އެނބޫދޫ ފަޅުގައި ހަދާ ހާޑްރޮކް ހޮޓެލް އަންނަ އަހަރު ހުޅުވަނީ

އެނބޫދޫ ފަޅުގައި ހަދާ ހާޑްރޮކް ހޮޓެލް އަންނަ އަހަރު ހުޅުވަނީ

21 ޑިސެމްބަރު 2017
ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

16 ޑިސެމްބަރު 2017
"ތަރިކަ އާޓް އެގްޒިބިޝަން": ޑިސެމްބަރު 21 ގެ ނިޔަލަށް ކުރިޔަށްދާނެ

"ތަރިކަ އާޓް އެގްޒިބިޝަން": ޑިސެމްބަރު 21 ގެ ނިޔަލަށް ކުރިޔަށްދާނެ

03 ޑިސެމްބަރު 2017
ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

23 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު