Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުނިރު އެކްސެލެރޭޓަރ

ނިރު އެކްސެލެރޭޓަރގެ ދެވަނަ ފިޔަވަހި އުރީދޫން ފަށައިފި!

25 އޮކްޓޯބަރު 2018 | ބުރާސްފަތި 16:17

ވިޔަފާރި ތަރައްޤީ ކުރުމަށް އެހީތެރިވެދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 16:17
ނިރު އެކްސެލެރޭޓަރގެ ދެވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނިރު އެކްސެލެރޭޓަރގެ ދެވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެ އިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށް ގެންދާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގެ ދެ ވަނަ ފިޔަވަހި ފަށައިފިއެވެ.

އުރީދޫ އާއި ޑައިލޮގް އެކްސިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށް ގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ހަތަރު ޓީމްގެ ބައިވެރިވުމާއި އެކު، ބާރަ ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް މިހާރު ވަނީ ފަށައިފައެވެ.

ނިރުގެ ބައިވެރިންނަށް ކުރިއަށް ގެންދާ ޓްރެއިނިންގެ އިތުރުން، އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމްތަކަށް ސީޑް ފަންޑިންގް، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާ ކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި ޓްރެއިނިން ޕްރޮގްރާމާއި ގުޅިގެން އުރީދޫގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވީ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމަށް ހޮވިފައިވާ ހަތަރު ޓީމަށް ނިރު ހެޑްކުއާޓަރޒް އިން މަރުޙަބާ ކިޔާ ކަމަށާއި އެ ބައިވެރިންގެ ވިޔަފާރިތައް ބިނާ ކުރުމަށް ކުރި އަށް ހުރި ދުވަސްތަކުގެ ތެރޭގައި އެހީތެރިވެދޭނެ މެންޓަރޝިޕް ޕްރޮގްރާމް ފެށިގެންދިއުމާއި އެކު، މިއީ ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކުރުމަށް މި ހުނަރުވެރި ޓީމްތަކުން ކުރާ ބުރަ މަސައްކަތަށް، އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެއް." ނަޖީބް ހާން ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވާ ހަތަރު ޓީމަކީ:

  • ކައުރީ: މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް، ފަސޭހަ އިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް.
  • ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.
  • ޖަވާބު އެކެޑެމީ: ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް.
  • ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

ބާރަ ހަފްތާގެ ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށާއި އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އޫރިދޫއިން ބުންޏެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުން ދިނުމަށްޓަކައި، ނިރު އެކްސެލެރޭޓާރ، ސްމާޓް ސިޓީޒް ޕްރޮޖެކްޓް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

20 އެޕްރީލު 2018

އަގުހެޔޮ އާ ޑޭޓާ ޕެކޭޖްތަކެއް އުރީދޫން ތައާރަފް ކޮށްފި

20 އެޕްރީލު 2018
އަގުހެޔޮ އާ ޑޭޓާ ޕެކޭޖްތަކެއް އުރީދޫން ތައާރަފް ކޮށްފި
05 މާރިޗު 2018

ފުޑް ކޯޓްތަކުގެ އެއްވަނަ ބްލޮކް އާއި ދެވަނަ ބްލޮކް މި މަހު ނިމޭނެ: އެސްޓީއޯ

05 މާރިޗު 2018
ފުޑް ކޯޓްތަކުގެ އެއްވަނަ ބްލޮކް އާއި ދެވަނަ ބްލޮކް މި މަހު ނިމޭނެ: އެސްޓީއޯ
17 ޑިސެމްބަރު 2017

ގޭމް ކުޅުމަށް އުރީދޫން ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި

17 ޑިސެމްބަރު 2017
ގޭމް ކުޅުމަށް އުރީދޫން ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި
05 ނޮވެމްބަރު 2017

"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

05 ނޮވެމްބަރު 2017
"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!
23 ސެޕްޓެމްބަރު 2017

ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

23 ސެޕްޓެމްބަރު 2017
ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި
26 އޯގަސްޓު 2017

އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް

26 އޯގަސްޓު 2017
އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް