Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓުޗެލް އެއްބަސްވުން އާކުރުން

ޗެމްޕިއަންސް ލީގާއެކު ޓުޗެލް އެއްބަސްވުން އާކުރަނީ

30 މެއި 2021 | އާދީއްތަ 11:35

އައު އެއްބަސްވުމާއެކު 2023 ގެ ނިޔަލަށް ޓުޗެލް ޗެލްސީގައި މަޑުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 މެއި 2021 | އާދީއްތަ 11:35
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ޗެމްޕިއަންސް ލީގުގެ ތައްޓާއެކު

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ޗެމްޕިއަންސް ލީގުގެ ތައްޓާއެކު

ޗެލްސީއަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށްފަހު، އެ ޓީމުގެ އެއްބަސްވުން އާކުރަން ތޯމަސް ޓުޗެލް ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޗެލްސީގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސީ މި އަހަރުގެ ޖެނުއަރީ މަހު، އެ ޓީމުގެ ކޯޗުގެ މަގާމުން ފްރޭންކް ލަމްޕާޑް ވަކިކުރުމަށްފަހުއެވެ. އެ ފަހަރު ޓުޗެލް ވަނީ ޗެލްސީއާއެކު އެއް އަހަރާ ބައިގެ އެއްބަސްވުމެއް ހަދާފައެވެ.

ޓުޗެލް ވަނީ ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވިތާ 124 ދުވަހުގެ ތެރޭގައި އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. މިއީ ޗެލްސީއާއެކު ޓުޗެލްގެ ފުރަތަމަ ކާމިޔާބީއެވެ. އަދި މިއީ ޓުޗެލްގެ ކޯޗިން ކެރިއަރުގައިވެސް ކާމިޔާބުކުރި ފުރަތަމަ ޗެމްޕިއަންސް ލީގެވެ. އެކަމަކު ޓުޗެލުގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ އެފްއޭ ކަޕުގައި ޗެލްސީ ކުޅުނު ނަމަވެސް، ފައިނަލުގައި ލެސްޓާ ސިޓީ އަތުން ޗެލްސީ ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ޓުޗެލް އަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، 2003 ވަނަ އަހަރު އެ ކުލަބު ގަތް ފަހުން، އެ ޓީމާ ހަވާލުވި 11 ވަނަ ކޯޗެވެ. އަދި ސީޒަނެއްގެ މެދުތެރެއިން އެ ޓީމާ ހަވާލުވި ފަސްވަނަ ކޯޗެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗަށް ފަހު ޗެލްސީގެ ކޯޗު ޓުޗެލް އާއި އަބްރަމޮވިޗް ވަނީ ދަނޑުމަތީގައި ބައްދަލުކޮށްފައެވެ. މިއީ ޓުޗެލް ޗެލްސީއާ ހަވާލުވި ފަހުން އަބްރަމޮވިޗާ ބައްދަލުވި ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓުޗެލްގެ މަސައްކަތާ މެދު އަބްރަމޮވިޗް ހިތްހަމަޖެހޭ ކަމަށާއި، އެހެންކަމުން އަވަސް މުސްތަގުބަލެއްގައި އެއްބަސްވުން އާކުރުމާ ގުޅޭ ގޮތުން ޓުޗެލް އާއި ޗެލްސީގެ ބޯޑު ބައްދަލުކުރަން މިހާރު ވަނީ ނިންމާފައެވެ. އަދި އައު އެއްބަސްވުމާއެކު 2023 ގެ ނިޔަލަށް ޓުޗެލް ޗެލްސީގައި މަޑުކުރާނެ ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ޓުޗެލް ކާމިޔާބުކުރިއިރު، އޭނާއަކީ އެއް އަހަރު ފައިނަލުން ބަލިވެ، ޖެހިގެން އައި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ޖަރުމަނުގެ ތިންވަނަ ކޯޗެވެ. ޓުޗެލް މިދިޔަ ސީޒަނުގައި މުޅިން އަލަށް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދިން ނަމަވެސް، އެ ފަހަރުގެ ފައިނަލުން ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް