Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ

ހައިރިސްކް ބޭފުޅަކަށްވާތީ ޔާމީނުގެ ޝަރީއަތް ކެންސަލް

އާރަށުގެ އަގުގެ ގޮތުގައި ލިބުނު ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 މެއި 2021 | އާދީއްތަ 04:54
 ކުރީގެ ރައީސް އަބްދުﷲ ޔާމީން- ޔާމީން މިހާރުވެސް ގެންދަވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ޙުކުމް ތަންފީޒު ކުރައްވަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން- ޔާމީން މިހާރުވެސް ގެންދަވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ޙުކުމް ތަންފީޒު ކުރައްވަމުން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާއާ ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

މި މައްސަލައަކީ މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖޫން، 2020 ގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރުމަށް އެދި ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. ކޯޓުން އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދިފައިވަނީ 2021 ވަނަ އަހަރުގެ ސުޕްރީމް ކޯޓުގެ 3 ވަނަ ޕްރެކްޓިސް ޑައިރެކްޝަން ގެ 5 ވަނަ ނަމްބަރަށް ރިއާޔަތްކޮށެވެ. އެ މާއްދާގައިވާ ގޮތުން އުމުރުން 55 އަހަރުން މަތި އަދި ހައިރިސްކް މީހެއްނަމަ ކޯޓަށް ހާޒިރުވާން އިއުތިރާޒް ކުރާނަމަ އެއީ މަޤްބޫލު ސަބަބެކެވެ. އެ ސަބަބަށް ރިއާޔަތްކޮށް ކޯޓުން ވަނީ އަޑުއެހުން ކެންސަލް ކޮށްދީފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕިއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމާނާ ވެސް ކޮށްފައެވެ. މިހާރު އެ މައްސަލައިގެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

އާރަށުގެ އަގުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް މިފަހަރު ކުރަނީ ރިޝްވަތު ނެގުމާއި ކަޅުފައިސާ ދޮވުމުގެ ތުހުމަތެވެ.

ވ. ތިނަދޫ ކައިރީގައި އޮތް އާރަށަކީ ޕިކްނިކް ދާ ކުޑަރަށެކެވެ. އެ ރަށަކީ، ޑީއާރްޕީގެ ކުރީގެ ލީޑަރު، އަހްމަދު ތަސްމީނު އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮތް ރަށެކެވެ. ތަސްމީންގެ އަތުން އޮގަސްޓް 2015ގައި އެރަށް އަތުލައި، ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށް ހަވާލުކޮށްފައިވަނީ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމާއެވެ.

ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ޔޫސުފް ނައީމަށް އެރަށް ހަވާލުކުރިތާ އެއްމަސްތެރޭގައި ބޭރުގެ ކުންފުންޏަކަށް ރަށް ވިއްކާލުމަށްފަހު ލިބުނު އެއް މިލިއަން ޑޮލަރު އެޗްއެސްބީސީގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ގްލޯފިޓްގެ  ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ

ގްލޯފިޓްގެ ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު