Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާންގެ ތެޔޮޓޭންކަރު ދޫކޮށްލުން

ހަތަރު މަހަށްފަހު އިންޑޮނީޝިޔާއިން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލައިފި

29 މެއި 2021 | ހޮނިހިރު 18:18

ޓޭންކަރު ހިފަހައްޓާފައިވަނީ ގަވާއިދާ ޚިލާފަށް ކަނޑުމަތީގައި ތެޔޮ އުފުލާކަމުގެ ތުހުމަތުގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 29 މެއި 2021 | ހޮނިހިރު 18:18
އީރާނުގެ ތެޔޮ ޓޭންކަރު 125 ދުވަހަށްފަހު އިންޑޮނީޝިއާއިން ދޫކޮށްލުން

އީރާނުގެ ތެޔޮ ޓޭންކަރު 125 ދުވަހަށްފަހު އިންޑޮނީޝިއާއިން ދޫކޮށްލުން

ގަވާއިދާ ޚިލާފަށް ތެޔޮ އުފުލާ ކަމުގެ ތުހުމަތުގައި އިންޑޮނީޝިއާއިން ހިފަހައްޓާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރު ހަތަރު މަހަށް ފަހު ދޫކޮށްލައިފިއެވެ.

"އެމްޓީ ހޯސް"ގެ ނަންދެވިފައިވާ އީރާނުގެ ތެޔޮ ޓޭންކަރު އިންޑޮނީޝިއާއިން ހިފެހެއްޓީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް ކޯޓު މަރުހަލާއަށްފަހު މިހާރު ތެޔޮޓޭންކަރު ދޫކޮށްލާފައިވާކަމަށް އީރާނުން ބުނެއެވެ.

ދަ ނޭޝަނަލް އީރާނިއަން ޓޭންކަރ ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, "އެމްޓީ ހޯސް"އާއި އޭގެ ފަޅުވެރިން ހުކުރު ދުވަހު ދޫކޮށްލާފައި ވާކަމަށެވެ. މިއީ 125 ދުވަސް ވަންދެން އެގައުމުގެ ފޮރިން މިނިސްޓްރީއާއި އޮފިޝަލުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ޓޭންކަރު އެނބުރި ގައުމަށް ދިއުމަށް މިހާރު ދަތުރުކުރަމުން ދާކަމަށެވެ.

އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދުން އީރާން ތެޔޮޓޭންކަރާއެކު, ޕެނަމާގެ ތެޔޮޓޭންކަރެއް ވެސް ހިފަހައްޓާފައިވެއެވެ. ދެ ޓޭންކަރުވެސް ހިފަހައްޓާފައި ވަނީ ގަވާއިދާ ޚިލާފަށް ކަނޑުމަތީގައި ތެޔޮ އުފުލާ ކަމުގެ ތުހުމަތުގައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން އޭރު އެކަމާ ގުޅޭގޮތުން ބުނެފައިވަނީ, އެއީ ޓެކްނިކަލް މައްސަލައެއް ކަމަށާއި، އަދި އެފަދަ ކަންކަމަކީ ދަތުރުފަތުރު ކުރުމުގައި އާންމު ކަންކަން ކަމަށެވެ.

އީރާންގެ ތެޔޮޓޭންކަރު ހިފަހައްޓާފައި ވަނިކޮށް, އެގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދް ޒަރީފް އިންޑޮނީޝިއާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގައި, އިންޑޮނީޝިއާގެ ރައީސް އަދި އިސް އޮފިޝަލުންނާ ބައްދަލުކުރެވިއެވެ. އެކަމަކު މި ދަތުރުފުޅަށްފަހު އީރާނުގެ ފޮރިން މިނިސްޓަރު ނުވަތަ ފޮރިން މިނިސްޓްރީން ވެސް ތެޔޮޓޭންކަރާ ގުޅުންހުރި އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ.

ދަތުރުފުޅަށް ފަހު އީރާންގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ, ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނީ, އީރާނާއި އިންޑޮނީޝިއާއާއި ދެމެދު ގުޅުން ބަދަހި ކުރުމާއި, އީރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ މައިގަނޑު ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އެގައުމުން ކުރާ ތެލުގެ ވިޔަފާރިއަށެވެ. އެހެންކަމުން އީރާނުން އެއްގައުމުން އަނެއްގައުމަށް ތެޔޮ އުފުލުމަށް ޓޭންކަރުތަކުގައި ހުންނަ ޓްރެކިން ސިސްޓަމް ނިވާލުން ފަދަ ތަފާތު އުކުޅުތަކުގެ ބޭނުން ކުރަމުންދެއެވެ.

އިންޑޮނީޝިއާއިން ހިފެހެއްޓި އީރާންގެ ތެޔޮ ޓޭންކަރު "އެމްޓީ ހޯސް" އިން މިދިޔަ އަހަރު ވެސް އެމެރިކާއަށް ވާގިވެރިވާ އެއްގައުމު ކަމަށްވާ ވެނެޒުއޭލާއަށް 2.1 މިލިއަން ތެޔޮ ފީފާ ގެންގޮސްދީފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
24 މެއި 2017

ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

24 މެއި 2017
ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް