Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

ސީރިޔާ ސަރުކާރުން ދާދިފަހުން ބުނެފައި ވަނީ ހޮމްސް ސިޓީ މިހާރު ކޮންޓްރޯލް ކުރަމުން ދަނީ ސަރުކާރުން ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 މެއި 2017 | ބުދަ 09:17
ހޮމްސްވެފައި ވަނީ ސީރިޔާ ހަނގުރާމައިގައި، ވަރުގަދަޔަށް ހަމަލާ ބަދަލު ކުރެވުނު ތަަނަކަށް

ހޮމްސްވެފައި ވަނީ ސީރިޔާ ހަނގުރާމައިގައި، ވަރުގަދަޔަށް ހަމަލާ ބަދަލު ކުރެވުނު ތަަނަކަށް

ސީރިޔާގެ ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަަތަރު މީހުން މަރުވެ އަދި 16 މީހުން ޒަޚަމްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މޮނިޓަރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އާ ހަވާލާދީ، އަލްޖަޒީރާގައި ކާރު ބޮމުގެ ހަމަލާއެއް ދިން ކަމަށް ރިޕޯޓު ކުރާ އިރު ، އިތުރަށް ބުނެފައި ވަނީ ވެރިރަށް ދިމިޝްގްގެ ރަށްބޭރުގައި ވެސް ބޮމެއް ގޮއްވާލާފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ހޮމްސް ސިޓީގައި ދިން ބޮމުގެ ހަމަލާ ދިން ސަރަހައްދަކީ ސަރުކާރުގެ ކޮންޓްރޯލްގެ އަތް ދަށުގައި އޮތް ސަރަހައްދެކެވެ.

ސީރިޔާގެ ދައުލަތުގެ މީޑިޔާ "އެސްއޭއެންއޭ" އިން ބުނެފައި ވަނީ ކާރު ބޮމުގެ ހަމަލާގައި މަރުވެފައި ވަނީ ހަތަރު މީހުން ކަމަށެވެ. އެހެން ނަމަވެސް ޒަޚަމްވި ކަަމަށް ބުނެފައިވާ މީހުންގެ އަދަދަކީ 30 އެވެ.

ދިމިޝްގްގެ ރަށްބޭރުގައި ދިން ހަމަލާ އާއި ގުޅޭގޮތުން، ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، ބޮމެއް ގޮއްވާލާފައިވާ ކަމަށެވެ. އެހެން ނަަަމަވެސް އެއްވެސް ބަޔަަކު ޒަޚަމްވި ކަމެއް ނުވަތަ މަރުވި ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ. މި ހަމަލާ އާއި ގުޅޭގޮތުން ސީރިޔާގެ ދައުލަތުގެ މީޑިއާ އިން ބުނެފައި ވަނީ ދެ ފިދާއީން ގޮވައިގެން ދިޔަ ކާރެއް ޗެކް ޕޮއިންޓަކަށް ދެވުމުގެ ކުރިން ސީރިޔާ ފުލުހުން ހަލާކުކޮށްފައިވާ ކަމަށެވެ.

ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމައަށް ހައަހަރުވެފައިވާ އިރު އެތައް ހާސް ބަޔަކު ރެފިއުޖީން ނަށް ވަނީ ވެފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު