Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭޖީއާ ސުވާލުކުރުމަށް ހުށަހެޅުން

މުޖުތަމައަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބޭތިއްބުމުގެ ގާނޫނީ ހުރަސްތަކާއި ގުޅޭގޮތުން އޭޖީއާ ސުވާލުކުރަނީ

29 މެއި 2021 | ހޮނިހިރު 18:59

ގާނޫނަށް ގެނައި އިސްލާހާއެކުވެސް އެފަދަ މީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް އަދި ފަހިވެފައެއް ނެތް- މިނިސްޓަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 މެއި 2021 | ހޮނިހިރު 18:59
އެޓަރނީ ޖެނެރަލް އަލްއުސްތާޒު އިބްރާހީމް ރިފްއަތު

އެޓަރނީ ޖެނެރަލް އަލްއުސްތާޒު އިބްރާހީމް ރިފްއަތު

މުޖުތަމައުއަށް ނުރައްކާތެރި ފަރާތްތައް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ބޭތިއްބޭނެ ގޮތެއް އަދިވެސް ފަހިވެފައިވާނުވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ، އެކަމުގައި ހުރި ގާނޫނީ ހުރަސްތައް ސާފުކުރުމަށް އެޓަރނީ ޖެނެރަލް އަލްއުސްތާޒު އިބްރާހިމް ރިފްއަތާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭޖީ އާ ސުވާލުކުރުމަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ. މުހައްމަދު ވަހީދު އޭޖީ އާ ކުރުމަށް ހުށަހަޅާފައިވާ ސުވާލުގައި ބުނެފައިވަނީ، މުޖުތަމައަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބައިތިއްބޭނެ ގޮތަކަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން އަދިވެސް މަގުފަހިވެފައި ނުވާ ކަމަށާއި، އެފަރާތްތައް ބަންދުން ދޫކޮށްލައި ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބުމަށް އަދިވެސް ގާނޫނުން ޖާގަނުދޭކަމަށް، 24 މެއި ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރ ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން އެފަރާތްތައް ބަންދުގައި ބޭތިއްބުމަށް ގާނޫނީގޮތުން ހުރި ހުރަސްތަކަކީ ކޮބައިތޯ އާއި އެކަން ފުރިހަމަކުރާނެ ގޮތަކީ ކޮބައިތޯ ވަނީ އައްސަވާފައެވެ. މީގެއިތުރުން މިހާ ހުރޫރަތްތެރި މައްސަލައަކަށް ގާނޫނީ ފަރުވާއެއް ނުލިބި ދިގުލައިގެން ދަނީ ކީއްވެތޯވެސް ވައްޑެގެ ސުވާލުގައިވެއެވެ.

Advertisement - newsAdvertisement

24 މެއިގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ދަށުން، ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 2019 ވަނަ އަހަރު މަޖިލީހުގައި ޗުއްޓީގައި އޮވެ ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވާ ގާނޫނަށް އެގެނެވުނު ބަދަލުގެ ދަށުން މުޖުތަމައުއަށް ދޫވެފައިތިބި އެފަދަ މީހުންގެ ތެރެއިން ހައްޔަރުކުރެވުނީ ކިހާ އަދަދެއްގެ މީހުންކަމާއި އެމީހުން މިހާރު ތިބީ ހައްޔަރުކުރެވިފައިތޯ ހޯމް މިނިސްޓަރ އަރިހުން އައްސަވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހާއެކުވެސް އެފަރާތްތައް ބަންދުގައި ބޭތިއްބޭނެ ގޮތެއް އަދި ފަހިވެފައިނުވާކަމަށެވެ.

މީގެއިތުރުން މިޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން ވަނީ ހަރުކަށިފިކުރުގެ މީހުން (ވަކިން ޚާއްސަ ގޮތެއްގައި އައިއީޑީ ފަދަ ތަކެތި ހެދުމުގެ ގާބިލްކަން ލިބިފައިވާ މީހުން)، އަދި ފުލުހުންނަށް ފާހަގަކުރެވިފައިވާ މިފަދަ ފަރާތްތަކުގެ ތެރެއިން މުޖުތަމައުއަށް އެއްވެސް ފަރާތެއް ދޫވެފައި ތިބިތޯ އާއި އަދި އެފަދަ ފަރާތްތައް ހައްޔަރުނުކުރެވިގެން އުޅެނީ ކީއްވެތޯއެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ އައިއީޑީ ފަދަ ތަކެތި ހެދުމުގެ ގާބިލްކަން ހުރި ފަރާތްތައް މުޖުތަމައުއަށް ދޫވެފައި ތިބިކަމަށް ވިދާޅުވެފައެވެ. އަދި އެއީ ނުރައްކާތެރި ކަމެއްކަމަށާއި އެފަދަ މީހުން ހައްޔަރުކޮށްފައި ނުވަތަ ރިހިބިލިޓޭޓްކުރެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ފަހިވެފައި އޮންނަންޖެހޭ ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ގެނައުމުގެ ކަންކަމުގައި އޭޖީއާވެސް ވާހަކަދައްކަމުން އަންނަ ކަމަށެވެ.

މުޖުތަމައަށް ނުރައްކާތެރި މީހުން ތިބުމާއެކު އެމީހުން ފަސޭހައިން ހައްޔަރުކޮށް ތަހުގީގު ކުރިޔަށް ގެންދިޔުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ވަނީ ބޮޑެތި ބަދަލުތަކެއް މީގެކުރިން ގެނެސްފައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނަމުން އަންނަނީ އެއިސްލާހުތަކާއެކު ވެސް އެފަދަ މީހުން ހައްޔަރުކޮށްގެން ގެންގުޅުމުގެ ބާރެއް ލިބިފައިނުވާކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

26 މާރިޗު 2017
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް