Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންޒެމާ ސްކޮޑަށް ނެގުން

ފްރާންސާއެކު ކާމިޔާބީއެއް ހޯދަން ބޭނުން: ބެންޒެމާ

29 މެއި 2021 | ހޮނިހިރު 08:51

އަންނަ މަހު ފަށާ ޔޫރޯގައި ފްރާންސް ހިމެނެނީ ގްރޫޕް އެފްގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 މެއި 2021 | ހޮނިހިރު 08:51
ފްރާންސްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކަރީމް ބެންޒެމާ

ފްރާންސްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކަރީމް ބެންޒެމާ

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ކާމިޔާބީއެއް ހޯދަން ބޭނުންވާ ކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ބުނެފިއެވެ.

ދާދި ފަހުން ފްރާންސްއިން ވަނީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލި ސްކޮޑުގައި އުމުރުން 33 އަހަރުގެ ބެންޒެމާ ހިމަނާފައެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ބެންޒެމާއަށް ފްރާންސްގެ ސްކޮޑުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އޭނާއަށް ފްރާންސްގެ ސްކޮޑުން ފުރުސަތު ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ. އެކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސް ޓީމުގެ ދެ ކުޅުންތެރިންނެވެ.

ޔޫރޯއަށް އެކުލަވާލި ސްކޮޑުގައި ބެންޒެމާ ހިމެނިއިރު، މިހާރު އޭނާ އަންނަނީ ފްރާންސްގެ ސްކޮޑާއެކު ތަމްރީނުތައް ހަދަމުންނެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބެންޒެމާ ބުނީ ގިނަ ދުވަސްތަކަކަށްފަހު ފްރާންސްގެ ސްކޮޑުގައި ހިމެނުމުން ފަޚުރުވެރިވާ ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ފްރާންސާއެކު ކާމިޔާބީއެއް ހޯދުން ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ޔޫރޯގައި އެކަމަށް ގަދައަޅައި މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މެދުކެނޑުމަކަށްފަހު ބެންޒެމާ ފްރާންސްގެ ސްކޮޑަށް ނެގިއިރު، އޭނާގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ މި އަހަރުގެ އޮކްޓޯބަރު މަހަށް ތާވަލުކޮށްފައެވެ. މި މައްސަލައިގައި ބެންޒެމާއަށް ފްރާންސްގެ ސްކޮޑުން ފުރުސަތު ގެއްލުނުއިރު، އޭނާ ވަނީ މީގެ ކުރިން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 81 މެޗު ކުޅެދީ 27 ލަނޑު ޖަހާފައެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯގައި ފްރާންސް ވާދަކުރާއިރު، އެ ގައުމު އޮތީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ހަންގޭރީ، ޕޯޗުގަލް އަދި ޖަރުމަނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް