Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ ވެކްސިން ކުޑަކުދިންނަށް ޖެހުމުގެ ހުއްދަ

އުމުރުން 12 އަދި 15 އަހަރުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ އީޔޫއިން ދީފި

29 މެއި 2021 | ހޮނިހިރު 02:02

އެމެރިކާ އާއި ކެނެޑާއިންވެސް ވަނީ މިއުމުރުފުރައިގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދަދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 މެއި 2021 | ހޮނިހިރު 02:02
ފައިޒަރ ވެކްސިން ދިނުމުގެ މަސައްކަތްކުރަނީ

ފައިޒަރ ވެކްސިން ދިނުމުގެ މަސައްކަތްކުރަނީ

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަން މެޑިސިން އެޖެންސީ (އީއެމްއޭ)ން ދީފިއެވެ.

ޖަރުމަނުވިލާތުގެ ބައޯއެންޓެކާއި ފައިޒަރ އިން އުފައްދާފައިވާ ފައިޒަރ ވެކްސިން ކުޑަކުދިންނަށް ޖެހުމުގެ ހުއްދަ އީއެމްއޭއިން ދީފައިވާއިރު މިމަހުގެ ކުރީކޮޅު އެމެރިކާ އާއި ކެނެޑާއިންވެސް ވަނީ މިއުމުރުފުރައިގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދަދީފައެވެ. މީގެއިތުރުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި އުމުރުން 16 އަހަރުން މަތީގެ މީހުންނަށް އަންނަނީ ފައިޒަރ ވެކްސިން ދެމުންނެވެ.

މިނިންމުން ނިންމާފައިމިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ޔޫރަޕްގެ ގައުމުތަކުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވިކުރަން ޖެހޭނެކަމަށް ބުނެފައި ވަނިކޮށެވެ. ޑަބްލިޔުއެޗްއޯގެ ޔޫރަޕްގެ ގައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ހާންސް ކްލޫގާ ވަނީ އާބާދީގެ 70 އިންސައްތައަށް ވެކްސިން ދީގެން ނޫނީ މި ޕެންޑަމިކް ނިމުމަކަށް ނާންނާނެކަމަށް ވިދާޅުވެ ޔޫރަޕްގެ ގައުމުތަކަށް އިންޒާރު ދެއްވާފައެވެ.

އީއެމްއޭއިން ބުނެފައިވަނީ މިއުމުރުފުރައިގެ ކުދިންނަށް ވެކްސިން ދޭނީ ވެކްސިންގެ ދެ ޑޯޒްގެ މެދުގައި ތިން ހަފްތާގެ މުއްދަތެއް ދިނުމަށްފަހުކަމަށެވެ. އަދި އީއެމްއޭގެ މިނިންމުމާއެކު މިއުމުރުފުރައިގެ ކުދިންނަށް ވެކްސިން ދޭނެތޯ ނިންމާނީ އެގައުމަކުން ކަމަށްވެސް އީއެމްއޭއިން ބުނެއެވެ.

ޖަރުމަނުވިލާތުން ބުނެފައިވަނީ ޖޫން މަހުގެ 7ން ފެށިގެން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފަށާނެކަމަށެވެ. އިޓަލީންވެސް ބުނެފައިވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި އުމުރުން 12 އަހަރުން މަތީ ކުދިން ހިމަނާނެކަމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ޕެންޑަމިކްގައި ހަރޑް އިމިޔުނިޓީ ހޯދުމަށް ކުޑަކުދިންނަށް ވެކްސިން ދިނުމަކީ މުހިންމު ކަމަކަށްވެފައިވާއިރު ހުކުރު ދުވަހު ޖަޕާނުންވެސް ވަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭނެކަމަށް ބުނެފައެވެ.

ކޮވިޑް-19 ގެ ބޮޑުވަރު ވަނީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށްކަމަށްވާއިރު ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިސްކަންދޭތީ އެކަމުގެ ކަންބޮޑުވުންތަކެއްވެސް ބައެއް ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.

ފައިޒަރ އާއި ބައޯއެންޓުކުން ވެކްސިނުން ކުޑަކުދިންނަށް ކުރާ އަސަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ޓްރެއަލްގެ ނަތީޖާ ވަނީ މާޗް މަހު ހާމަކޮށްފައެވެ. މިޓްރެއަލްގައި އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ 2260 ކުދިން ބައިވެރިކޮށްފައިވާއިރު މިޓްރެއަލްގެ ނަތީޖާ ދައްކާގޮތުން އެކުދިންނަށް ވެކްސިން ދިނުމަށް 100 އިންސައްތަ ވައިރަސް އިން ރައްކާތެރިކޮށްދެއެވެ.

ފައިޒަރ ގެ ޓްރެއަލްތަކުން ވެކްސިން ކާމިޔާބުކަން އެނގިފައިވާއިރު ކުޑަކުދިންނަށް ވެކްސިން ދިނުމުން ވައިރަސް އިން ދިފާއުވާ މިންވަރު ދެނެގަތުމުގެ ޓްރެއަލްތައް ވެކްސިން އުފައްދާ އެހެން ކުންފުނިތަކުން ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެސްޓްރަޒެނިކާ އާއި މޮޑާނާ އަދި ޖޯންސަން އަދި ޖޯންސަން އިން އަންނަނީ އުމުރުން 6 މަހުގެ ކުދިންނާ ހަމައިން ވެކްސިން އިން ރައްކާތެރިކަން ލިބޭ މިންވަރު ދެނެގަތުމަށް ޓްރެއަލްތައް ކުރިޔަށް ގެންދަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
10 އޯގަސްޓު 2017

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

10 އޯގަސްޓު 2017
ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
21 ޖުލައި 2017

އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި

21 ޖުލައި 2017
އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް