Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސެކިއުރިޓީއާ ގުޅުވައި މިހާރު ނޫހުން ފަތުރަނީ ޕްރޮޕެގެންޑާ، އެކަން ކުށްވެރިކުރަން - އެމްޑީޕީ

އެފަރާތުން "މިހާރު" ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 މެއި 2021 | ހުކުރު 18:54
ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅުވައިގެން ޕްރޮޕެގެންޑާ ފަތުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައި

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅުވައިގެން ޕްރޮޕެގެންޑާ ފަތުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައި

ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއައި ގުޅުވައި މީހާރު ނޫހުން ފަތުރަނީ ޕްރޮޕެގެންޑާ ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ކާކުކަން ހާމަނުކޮށް މިހާރު ނޫހަށް މައުލޫމާތު ދިން މީހަކާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޚަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން، ފޮރުވިގެންހުރި ފަރާތަކާ ހަވާލާދީ “މިހާރު” ނޫހުން އެ މަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާތީ، އެ ޕާރޓީން އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

ރައީސް ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، ފުރާނަފުޅު ސަލާމަތްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، އަދި މިހާރު ވެސް ގެންދަވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ކަމަށާއި، އެ ހަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް ތަހުގީގުން އަދިވެސް ނުހޯދި ވާއިރު، އެ ހަމަލާ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމު ރައްދުވާގޮތަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށެވެ. މިގޮތުން އެ ހަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ހަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ހަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ރައީސް ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައިވާއިރު، އަދި ޤާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ހަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސީދާ ޕްރޮޕަގެންޑާ އެއް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި ޓެރަރިޒަމުގެ އެ ހަމަލާ އަމާޒުވެ، އަނިޔާލިބުނު ފަރާތަށް އިލްޒާމު ރައްދުވާ ގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަޤާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާންދެއްވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

“މިހާރު” ނޫހުގައި ލިޔެފައިވާ ސެކިއުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ހަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަގީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާ އިރު، އަދި އެފަރާތުން "މިހާރު" ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސެކިއުރިޓީ މައްސަލަތަކުގެ މައުލޫމާތު ރަސްމީ ހައިސިއްޔަތުން ލިބޭ ފަރާތަކުންކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

އަދި މިކަމަކީ އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ސެކިއުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ފޮރުވިގެންހުރެ ސެކިއުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއަސް މައްސަލައެއްކަމަށް ދެކޭ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ފޮރުވިގެންހުރެ ސެކިއުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ހއިސިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާއަކީ ގައުމީ މަސްލަހަތާ ގުޅިފައިވާ ސީރިއަސް ބޮޑު މައްސަލައަކަށްވާއިރު، އެ ޙަމަލާގެ އަޑީގައި ތިބި ފަރާތްތަކާއި ފަންޑުކުރި ފަރާތްތައް އަދި ވެސް ނުހޯދޭއިރު، އެކި ދިމާތަކުން ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރައި، އިތުރު ސުވާލުތައް އެފެދޭ މޭރުމުން މަތިމައްޗަށް އިހުމާލުވެ، ފުރައްސާރަކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު