Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެގްރީ ޔުވެންޓަސްއާ ހަވާލުވުން

ޕިރްލޯ ވަކިކޮށް ޔުވެންޓަސްގެ ކޯޗުކަން އަލުން އެލެގްރީއަށް

28 މެއި 2021 | ހުކުރު 10:57

އެލެގްރީ ވަނީ ޔުވެންޓަސްއާއެކު 2025 ގެ ނިޔަލަށް އެއްބަސްވުން ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 މެއި 2021 | ހުކުރު 10:57
ޔުވެންޓަސްގެ ކޯޗުކަމާ އަލުން ހަވާލުވާ މަސިމިލިއާނޯ އެލެގްރީ

ޔުވެންޓަސްގެ ކޯޗުކަމާ އަލުން ހަވާލުވާ މަސިމިލިއާނޯ އެލެގްރީ

ޔުވެންޓަސް ކޯޗުގެ މަގާމުން އަަންދްރެއާ ޕިރްލޯ ވަކިކޮށް، އެ ޓީމުގެ ކޯޗުގެ މަގާމަށް މަސިމިލިއާނޯ އެލެގްރީ އަލުން ހަމަޖައްސައިފިއެވެ.

އުމުރުން 42 އަހަރުގެ ޕިރްލޯ ޔުވެންޓަސްގެ ސީނިއާ ޓީމާ ހަވާލުވީ ޔުވެންޓަސްގެ ޒުވާން ޓީމުގެ ކޯޗުގެ މަގާމު ހަވާލުކުރިތާ ނުވަ ދުވަހަށް ފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ޔުވެންޓަސްއަކީ ޕިރްލޯގެ ކޯޗިން ކެރިއަރުގައި އިރުޝާދުދިން ފުރަތަމަ ޓީމެވެ.

އެކަމަކު ހުކުރު ދުވަހުގެ ވަގުތެއްގައި ޔުވެންޓަސްއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ޕިރްލޯ ވަކިކުރިކަން އިއުލާން ކޮށްފައެވެ. ޕިރްލޯ އެއް ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗުގެ މަގާމުން ވަކިކުރީ މި ފަހަރު އެ ޓީމަށް ނުވަ އަހަރަށް ފަހު އިޓާލިއަން ލީގު ގެއްލުމުގެ އިތުރުން، އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ. ޕިރްލޯގެ ކޯޗުކަމުގައި އިޓާލިއަން ސުޕަ ކަޕާއި އިޓާލިއަން ކަޕް ޔުވެންޓަސްއިން ކާމިޔާބުކުރި ނަމަވެސް، ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އެ ޓީމު ހިމެނުނީ އުނދަގޫ ހާލަތަކަށްފަހުއެވެ.

އެއާއެކު ޔުވެންޓަސްގެ ކޯޗަކަށް އުމުރުން 53 އަހަރުގެ އެލެގްރީ އަލުން ހަމަޖެއްސިކަން ހުކުރު ދުވަހު ޔުވެންޓަސްއިން ވަނީ އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ ޔުވެންޓަސްއާއެކު 2025 ގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ޔުވެންޓަސްއާ އަލުން އެލެގްރީ ހަވާލުވާއިރު، އެލެގްރީ މީގެ ކުރިން ޔުވެންޓަސް ދޫކޮށްލީ އެ ޓީމަށް އިޓާލިއަން ލީގު ފަސް ފަހަރު ކާމިޔާބުކޮށްދިނުމަށްފަހު 2018-2019 ވަނަ އަހަރުގެ ސީޒަން ނިމުމުންނެވެ. އޭގެ ފަހުން އެލެގްރީ މިހާތަނަށް ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

މީގެ ކުރިން އޭސީ މިލާނަށް 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީގެން ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އެލެގްރީ ވަނީ މިލާނުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އަދި އޭގެ ފަހުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ފަސް ސީޒަން އެލެގްރީ ހޭދަކުރިއިރު، މި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް އިޓާލިއަން ލީގު ފަސް ސީޒަނުގައިވެސް ހޯދައިދީފައެވެ. އަދި އޭގެ އިތުރަށް އޭނާ ވަނީ ޔުވެންޓަސްއަށް އިޓާލިއަން ކަޕް ހަތަރު ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
10 މެއި 2017

ޕިޔޯލީ މަޤާމުން ވަކިކޮށްފި

10 މެއި 2017
ޕިޔޯލީ މަޤާމުން ވަކިކޮށްފި
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް