Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް އަގު

ހިޔާ ފްލެޓްގެ އަގު ކުޑަކުރުމަށް މަޝްވަރާތައް ފަށަނީ

28 މެއި 2021 | ހުކުރު 05:34

އަގު 5،600ށް ކުޑަ ކުރުމަށް މަޝްވަރާތައް ފަށަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 މެއި 2021 | ހުކުރު 05:34
މޭޔަރ ޑރ. މުޢިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙާ ބައްދަލު ކުރައްވައި އުންމީދީ މަޝްވަރާތަކެއް ކުރެއްވި

މޭޔަރ ޑރ. މުޢިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙާ ބައްދަލު ކުރައްވައި އުންމީދީ މަޝްވަރާތަކެއް ކުރެއްވި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް ތަކުގެ އަގު ކުޑަކުރުމުގެ މަޝްރާތައް ފެށުމަށް ނިންމައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލް ދެއްވަމުން މޭޔަރު ވިދާޅުވީ، ހިޔާ ފްލެޓް ތަކުގެ އަގު 5،600ށް ކުޑަކުރުމަށް ހުށަހެޅުއްވި ކަމަށާއި، އެކަމުގެ މަޝްވަރާތައް ކައުންސިލް ހިމެނޭ ގޮތަށް އެޗްޑީސީއާއެކު ބާއްވަވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވި ކަަމަށެވެ.

Advertisement - newsAdvertisement

މޭޔަރ ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ 8،500 ރުފިޔާގެ އަގަކީ ރައްޔިތުންނަށް ތަހައްމަލްކުރެވޭނެ އަގެއް ނޫން ކަަމަށް ރައީސަށް ދެންނެވި ކަމަށެވެ. ވަކިން ހާއްސަކޮށް އެ ފްލެޓުތަކަށް ވަނުމަށްޓަކައި ފިނިޝިންގެ މަސައްކަތް ކުރަންޖެހޭއިރު، އެކަމަށް މަދުވެގެން ދެ ލައްކަ އެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެއީ އާއްމު ރައްޔިތަކަށް އުފުލޭނެ ފަދަ ދަރަންޏެއް ނޫން ކަމަށް ރައީސަށް ދެންނެވި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ކަމާގުޅޭ ސެކްޝަނަކުން އެ ހިސާބު ހެއްދެވި ކަމަށާއި، އޭގެން 5،600 ފްލެޓް ތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅައިގެން އެޗްޑީސީއަށް ގެއްލުން ނުވާނެކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، ހިޔާ ފްލެޓްގެ އަގު ބޮޑުކަން ރައީސް ސާލިހު ވެސް ގަބޫލު ކުރައްވާ ކަމަށާއި، އެ އަގު ވީހާވެސް ބޮޑަކަށް ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ. މަޝްވަރާތަކަށްފަހު އަގު ކުޑަވެގެންދާނެ ކަމަށް ރައީސް ވެސް އުންމީދު ކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ އަގުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ، 8،500 ރުފިޔާއެެވެ.

ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމަވާފައިވެއެވެ.

ފްލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށާއި އެހެންނަމަވެސް އެއްވެސް ފަރާތަކުން ޑައުންޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ބޭނުންވާނަމަ އެ މީހަކަށް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފްލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި މިއަގާ އެއްގޮތަށް ކުޑަކުރާނެ ކަމަށާއި ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް