Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވުން

ގއ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ބުރާސްފަތި ދުވަހު އިތުރު 2 މީހަކު ނިޔާވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 17:42
ގއ. ވިލިގިނލި ފެސިލިޓީއަށް ކޮވިޑް-19 ބަލި މީހަކު ގެންދިއުމުގެ ތެރެއިން

ގއ. ވިލިގިނލި ފެސިލިޓީއަށް ކޮވިޑް-19 ބަލި މީހަކު ގެންދިއުމުގެ ތެރެއިން

ގއ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވިއިރު ފަރުވާދެމުން ދިޔައީ ގއ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 151 ވަނަ މީހާއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އިތުރު 2 މީހަކު ނިޔާވެފައިވާއިރު، ފުރަތަމަ ނިޔާވެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަށް ފަރުވާދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އޭގެ ފަހުން އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއްވެސް ނިޔާވެފައިވާއިރު، އޭނާއަކީ ރާއްޖެއިން މި ބަލީގައި ނިޔާވި 150 ވަނަ މީހާއެވެ.

ރާއްޖޭގައި ފެންނަ ކޮވިޑުގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު ވައިރަސް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހޯމަ ދުވަހު ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައެވެ. މިއީ ވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން ނިޔާވި ދުވަހެވެ.

މި ބަލީގައި އާންމުގޮތެއްގައި ނިޔާވަނީ އައިސީޔޫގައި ފަރުވާދޭމީހުންނެވެ. ކުރިއާއި ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވާކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ކޮވިޑް-19ކޮރޯނާވައިރަސް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު