Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޯގާތެރި ސަރުކާރު

ރައީސް ޞާލިޙް: އޯގާތެރިކަން މެނިފެސްޓޯގެ ގަނޑުތަކުން ރައްޔިތު މީހާގެ ދިރިއުޅުމަށް

މެނިފެސްޓޯތަކުގައި ”އޯގާތެރި ސަރުކާރު" އަބަދުވެސް ހިމެނޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 15:18
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު

މީގެ 3 މިލިޔަނަށްވުރެ ގިނަ އަހަރު ކުރިން އިންސާނުން ދުނިޔޭގައި ދިރިއުޅެންފަށައި، ދިރިއުޅުން އާރާސްތުކުރުމުގައި އިންޤިލާބީ ކުރިއެރުންތަކެއް ހޯދާފައިވާއިރު، މި ބަދަލުތަކުގެ ފަހަތުގައި ކެރިހުރެ މި ދެންނެވި ތަހުޒީބު އޭގެ އެންމެ ފުރިހަމަ މާނާގައި ގެނެސްދިނުމަށް ލާމަސީލު އެތައް ލީޑަރުންނެއް ވަނީ ފެނިގެންގޮސްފައެވެ. މިފަދަ ލީޑަރުންގެ ގޮތުގައި މަހާތުމާ ގާންދީއާއި، ޖަވާހަރް ލާލް ނެހެރޫ، ނެލްސަން މަންޑޭލާ، ޔާސިރު އަރަފާތު އަދި ކޯފީ އަނާން ފަދަ އެކި ނަސްލުތަކަށް ނިސްބަތްވާ ބޭފުޅުން ލިސްޓްކުރެވިދާނެއެވެ.

އެހެންނަމަވެސް، މި ހުރިހާ ލީޑަރުންގެ މެދުގައި އެއްގޮތްކަމެއް ހޯދާށޭ ބުނެފިނަމަ އެންމެ ފުރަތަމަވެސް ފާހަގަވާނީ އެ ބަތަލުންނާއި އާންމުންނާއި އޮންނަ ގުޅުމެވެ. ފެނިގެންދަނީ ވަރަށް ބަދަހި ގާތް ގުޅުމެކެވެ. މިފަދަ ގުޅުމެއް މިއަދު ޤައުމެއްގެ ހުންގާނުގައި ހިފާ މާލިމީއަކަށް ރައްޔިތުން ހޮވާ ރައީސެއް، ނުވަތަ ސަރުކާރަކާއިވެސް އޮތުން ވަނީ ވަރަށް މުހިންމު ވެފައެވެ.

މި ސަބަބަށްޓަކައި މި ދެންނެވި ގުޅުމަށް ޒަމާނީ ނަމެއްދީ "އޯގާތެރި ސަރުކާރު"ގެ ނަމުގައި، ސަރުކާރުތަކުން ވެރިކަމަށް އަންނަ އިރު މެނިފެސްޓޯގެ ފައިލުގައި ކޮންމެހެން ހިމަނާކަން ޔަޤީންކުރެއެވެ. މިކަން ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ޤައުމަކުންވެސް މިވަނީ ފެނިފައެވެ. ގަދަ ފަސް އަހަރުކަމުގައިވިޔަސް، އަނެއް ދިވެހިރާއްޖެކަމުގައިވިޔަސް، ޖަޒީރާ ރާއްޖެކަމުގައިވިޔަސް ވަނީ ހިމަނާފައެވެ. އެހެންނަމަވެސް، މި ދެންނެވި ގުޅުން އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒުކުރަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުންކަމުގައި ހެކިދެއެވެ. އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންނާއި ގާތުން ލާމަރުކަޒު ކުރުކޮށް ރައްޔިތުން ބާރުވެރި ކުރުމަށް އަތުކުރި އޮޅާލައިފައިވާ ޕާޓީއެއް ކަމުގައިވާއިރު، ސިޔާސީ އޮއިވަރު އޮތް ގޮތުން މި ދެންނެވި ސިފައިގެ ހިޔަލަށް ރައްޔިތުންގެ ނުގެނެވީސް ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވަނީ ވައްޓާލާފައެވެ. އެއީ ވެނިމިފައިވާ ކަމެއްކަމަށް ބަލާ ދެން އެކަން ދޫކޮށްލާނަމެވެ.

ހުރިހާ ބާރުތަކެއް މަރުކަޒުކޮށް ރައްޔިތުންގެ ފައިސާއިން ބޮޑެތި ޚިޔާނާތްތަކެއް ވެފައިވާކަން ސާބިތުވެ މިއަދު ޖަލު ގޮޅީގައި އޮންނެވި ރައީސް ޔާމީންގެ ވެރިކަމަށް ނިމުމެއް ގެނެސް، ރައީސް ޞާލިޙްގެ ސަރުކާރު 2018 ވަނަ އަހަރު ހަވާލުވީ، ކުރިންދެންނެވި "އޯގާތެރި ސަރުކާރު" ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގެ މައި އެއް އަސާސްކަމުގައި ކަނޑައަޅައިގެންނެވެ. މިއަދު މި ސަރުކާރުގެ ދައުރުގެ މެދަކާއި ހަމައަށް ދިޔައިރު، މިދަތުރުވީ ވަރަށް ބިޔަ  ރާޅު ބާނި ނަގާ އެތަކެއް ތޫފާންތަކެއް ކުރިމަތިލާންޖެހުނު ދުވަސްތަކަކަށެވެ. އެހެންނަމަވެސް، އޯގާތެރިކަމުގެ ސިފަ ސަރުކާރުގެ ފިޔަވަޅުތަކުން އެންމެ ހިނދުކޮޅަކަށްވެސް ވަކިވިޔަދީފައެއް ނުވެއެވެ. މިކަން ސަރުކާރުން އެކަށައެޅި ކޮންމެ ފިޔަވަޅަކާއި، ފޯރުކޮށްދޭން ނިންމި ކޮންމެ ޚިދުމަތަކުންވެސް ހާމައަށް ފެންނަން އެބަ ހުއްޓެވެ.

ރިިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ހިމަނައި، ދުވަހުގެ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކެއުން ދަރިވަރުންނަށް މިވަނީ ކަށަވަރުކޮށްދީފައެވެ. ރަނގަޅަށް މެނޭޖް ނުކުރެވި ބޮއްސުންލާފައިވާ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ އަގުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މިސަރުކާރުގެ އެހެން ވަޢުދުތަކެކޭ

އެއްގޮތައް އެތެރޭގެ އުދުހުން ތަކުގެ އަގު ދަށްނުކުރެވޭނެ ކަމަށް ބުނެބުނެ އޮއްވައި، ރައްޔިތުންގެ ދިގުދެމިގެން ދިޔަ މިއާދޭސްވެސް މިވަނީ ނިމުމަކަށް ގެނައުމަށް ހަރުދަނާ ނަތީޖާފެންނަ ބަދަލުތަކެއް ގެންނަވާ ފާޑުކިޔުންތެރިންގެ އަނގަ ބަންދުކޮށްލައްވާފައެވެ. އެއްގަމު ދަތުރުފަތުރު ނުވަތަ ޓެކްސީ ދަތުރުތައް އެއް އިރެއްގައި ކުރީ ޑްރައިވަރު ހިތު ހުރި ގޮތަކަށް ބޭނުން އަގަކަށެވެ. މީވެސް ދިގުލައިގެން ދިޔަ އާދޭހެކެވެ. ބިޔަ ބޮޑު ބްރިޖްއަޅާ ދަރަނީގެ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ދިޔަ ޔާމީންގެ ސަރުކާރަށްވެސް މިކަން ކުރެވުނުކަމަށް ނުވިއެވެ. ކުރެވުނުހާވެސް ކަމަކީ ބްރިޖް ދަތުރުގެ ނަމުގައި ޓެކްސީ ދަތުރުތަކުގެ އަގު އުފުލާލުމެވެ. މިކަންވެސް ވަކި ހަމައަށް ބައްޓަންކުރީ މިސަރުކާރެވެ. ދަތުރުތަކަށް ދުރުމިނަށް ބަލައި ވަކި އަގުތަކެއް ކަނޑައަޅުއްވާ މިކަންވެސްކުރީ ހަމަ ބަލަބަލައި ތިއްބައެވެ.

ރައީސް ޞާލިޙަކީ ބަހަށް ވުރެ އަމަލު ގިނަ ކުރައްވާ ތަރައްޤީ އަމަލީގޮތުން ގެނެސް ހެޔޮ ވެރިކަން ކުރައްވަން ދަންނަަ ކުޅަދާނަ ބޭފުޅެއްކަން މިވަނީ މި ކުރު މުއްދަތުގެ ތެރޭގައިވެސް ސާބިތުކޮށްދެއްވާފައެވެ. ކޮވިޑްގެ ވަބާއަކީ ދުނިޔެ މިހާތަނަށް ދެކިފައި ނުވާވަރުގެ ނުރައްކާބޮޑު އާލަމީ ވަބާއެކެވެ. މި ބަލިމަޑުކަމާވެސް ރައީސް ޞާލިޙް ކުރިމަތިލެއްވީ ޙިކްމަތްތެރިކަމާއިއެކުއެވެ. އޯގާތެރިކަން މި ދަތި ޙާލަތުގައިވެސް ހަނދުމަނެތިކޮށް ނުލައްވައެވެ. މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތުންނަށްކަން ދެނެވަޑައިގެން، ދަރަނިވެރިވިޔަސް، ކޮވިޑް ރިލީފް ޕެކޭޖް ނެރުއްވާ އެހީގެ އަތް ދަންމަވާލެއްވިއެވެ. ކަރަންޓާއި ފެންބިލުގެ ޑިސްކައުންޓްތަކެވެ. ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓެެވެ.

ދަރިވަރުންގެ ލޯންތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނެވެ. ގެދޮރު އަޅަން ނަގާފައިވާ ލޯންތައް ފަސްކޮށްދިނެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި 5 އަހަރުގެ ތެރޭގައި ޚަލާޞް ކުރެވޭގޮތައް އެސްއެމްއީ ރިލީފް ލޯނެވެ. މިނޫން ވިޔަފާރިތަކަށް އިކޮނޮމިކް ސްޓިމިއުލަސްއެވެ. މިހެން ގޮސް ދެއްވި އެހީގެ ލިސްޓް ވަރަށްވެސް ދިގެވެ. އިސްކަންދެއްވީ ދަތި ޙާލަތުގައިވެސް ޤައުމުގެ އިޤްތިޞާދު އިނދަނުޖެހި ހިންގަވާށެވެ. މިއަދުވެސް މި މަސައްކަތުގައި ހުންނެވީ ސާބިތުކަމާއެކުއެވެ. މިކަން 4 ވަނަ ރާޅާއި ކުރިމަތިލާފައިވާ މިދަތި ޙާލުގައިވެސް ތަޢާރަފްކުރެއްވި އައު އިކޮނޮމިކް ޕެކޭޖްތަކުން ސާބިތުވެއެވެ. މިފަހަރުވެސް ކަރަންޓާއި ފެންބިލުން ލުއި ދެއްވިއެވެ.

އެސްއެމްއީ ރިލީފް މިފަހަރުވެސް އިހު ދިން ގޮތަށް ދެއްވަމުން އެބަ ގެންދަވައެވެ. 370 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ދެވަނަ ފަހަރަށް ތަޢާރަފްކުރެއްވީ އޯގާތެރިކަމުގެ އިތުރު މިސާލު މުޅި ދުނިޔެއަށް ދައްކަމުންނެވެ. މި ދަތުރުގައި ކުށްވެރިވާކަމެއް މީހަކު ކުރަން އުޅެފިނަމަ އެއީ ކިތަންމެ އަރިސް ބޭފުޅެއްވިޔަސް، އެ ގުޅުމަށް ބެލުމެއް ނެތި އެކަން ހުއްޓުވީ އޯގާތެރިވިޔަސް ކޮރަޕްޝަނާއި ގައުމަށް ޣައްދާރުވާ ފަރާތްތަކާމެދު ގެންގުޅުއްވަނީ "ޒީރޯ ޓޮލަރެންސް"ކަން ސާބިތުކޮށްދެއްވަމުންނެވެ. "އޯގާތެރި ރައީސް"ގެ ލަޤަބު ރައީސް ޞާލިޙަށް ހައްޤުކަން އެމަނިކުފާނު މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ސާބިތުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު