Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތްތައް ބަންދު ކުރުން

މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް- މިނިސްޓަރ

27 މެއި 2021 | ބުރާސްފަތި 11:47

އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުންދޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 މެއި 2021 | ބުރާސްފަތި 11:47
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

މާލެ ސަރަހައްދުގެ މިސްކިތްތައް ވަގުތީގޮތުން ބަންދުކުރުމަށް ނިންމީ ރައްޔިތުން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ކޮވިޑުން ރައްކާތެރިވުމަށް ދުރުދުރުގައި ނަމާދު ކުރަން އެންގުނު ކަމަށާއި، އަދި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއެކު ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ވެސް އެންގުނު ކަމަށެވެ. އަދި މިހާރު ހާލަތު މާބޮޑަށް ގޯސްވުމާއެކު މިސްކިތްތައް ވަގުތީ ގޮތުން ބަންދުކުރީ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު މިސްކިތްތަކުގެ ފެން ކަނޑާލައިފައިވާ ކަމަށާއި، ފާޚާނާތައް ވެސް ބަންދު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ގިނަ ބަޔަކު އަމަލު ކުރާ ކަމަށާއި، ނަމަވެސް އަންގާ އެންގުންތަކާ ޚިލާފުވާ ބަޔަކުވެސް އުޅޭކަމަށް ވިދާޅުވިއެވެ. މިއީ އާންމު މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 މެއިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

އަދި އާންމު ރައްޔިތުންގެ ހައްގުގައި އެކަން ކުރިކަމުގައިވިޔަސް ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުންދާތީއާއި ކޮވިޑް މާލޭގައި ފެތުރުން ކޮންޓްރޯލު ނުކުރެވޭތީއާއި ބުދަ ދުވަހުން ފެށިގެން ހުއްދައާއި ނުލައި އާންމުން ބޭރަށް ނިކުމެއުޅުންވެސް މަނާކުރެވިފައިވާތީ، ކޮވިޑުން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ބުދަ ދުވަހުގެރޭ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މިދަނޑިވަޅުގައި މިސްކިތަކަށް ވަޑައިނުގެންނެވުނު ކަމުގައިވިއަސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައިވެއެވެ.

އަދި ކަމާގުޅޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް