Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ. އަތޮޅު ވިއްކާލުން

އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި ބާއްވަނީ!

ފ. އަތޮޅު ގައި ހާއްސަ ޖަލްސާއެއް ބާއްވަނީ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 8 މާރިޗު 2017 | ބުދަ 19:06
ބުދަ ދުވަހު ހަރީރު އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން

ބުދަ ދުވަހު ހަރީރު އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން

ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ފ.އަތޮޅު ވިއްކާލުމުގެ އަޑުތައް ފެތުރިފައިވާއިރު، އެކަމާ ދެކޮޅަށް އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި މާލޭގައި ބޭއްވުމަށް ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.

މި މުޒާހަރާ ބާއްވާކަން އިއުލާނުކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރު ޝިފާ މުހައްމަދު ވިދާޅުވީ މުޒާހަރާ ކުރަން ނިންމީ މި ބިމުން އަތޮޅެއް ވިއްކާލުމަކީ ދިވެހިން އެދޭ ކަމަކަށް ނުވާތީ ކަމަށެވެ. މި މުޒާހަރާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިތުރުން، މަދަނީ ޖަމިއްޔާތަކުން ވެސް ބައިވެރވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

އެއްވެއުޅުން ހަނިކޮށްފައިވާއިރު، ޝިދާތާ ޝަރީފު ވިދާޅުވީ އެއްވެ އުޅުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އަތޮޅުތަކުން ރައްޔިތުން އައިސް މާލެ އަރައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރެވޭނެ ކަމަށެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ބޭރު ބަޔަކަށް ރާއްޖޭގެ އަތޮޅެއް ވިއްކާލުމަކީ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ކަމަށާއި ބިން ވިއްކާލުމަށް ފަހު ދިވެހި ސިފައިންނާއި ފުލުހުންނަށް ވެސް އެތަނަކަށް ނޭރޭނެ ކަމަށެވެ. އެހެންވެ، ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއްތޯ ދިވެހި ސިފައިންނާއި ފުލުހުން ސާފުކުރަންޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ބުދަ ދުވަހު ހަވީރު ހާއްސަ ސައިފޮދެއް އެމްޑީޕީގެ ހަރުގޭގައި ވަނީ ބާއްވައިފަ އެވެ. މި ހަރަކާތުގައި ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ކުރިއަށް ގެންދާ ބޮޑު މުޒާހަރާގައި ބޭނުންކުރާ ޓީޝާޓް ދައްކާލި އެވެ. "ފ އަތޮޅު ވިއްކާނުލާ" ޖަހާފައިވާ މި ޓީޝާ، މިހާރުން ފެށިގެން ވީހާ ވެސް ގިނައިގެން ލައިގެން އުޅުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާލުވީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ބާއްވާ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށެއް ބޭރުގެ ގައުމަކަށް ވިއްކުމަށް ދިވެހި ރައްޔިތުން ދެކޮޅަށްކަން ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ހާމަކޮށްދިނުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއި ކުރުން ކުރިއަށް ގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފަލާހް ވިދާޅުވީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތަކީ ގައުމީ ހަރަކަތެއް ކަމަށެވެ. ރާއްޖޭގެ އަތޮޅެއް ރަށެއް ބޭރުގެ ގައުމަކަށް ވިއްކާލުމަށް ދިވެހި ރައްޔިތުން ތާއިދު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު