Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގުކުރުމަށް އެމެރިކާގެ އެކްސްޕަރޓެއް ތަހުގީގު ޓީމާ ގުޅެނީ

މިކަމުގައި އެކި ގޮތްގޮތުން ބައިވެރިވި އިތުރު މީހުން ވެސް މިހާރު ވަނީ ހައްޔަރުކުރެވިފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 05:00
ރައީސް ޞާލިހް ވިދާޅުވީ މިހާރު ފުލުހުން ބަލަމުން ދަނީ މިކަން ރޭވުމުގައި އިސްކޮށް ތިބީ ކޮންބައެއްތޯ ކަމަށް

ރައީސް ޞާލިހް ވިދާޅުވީ މިހާރު ފުލުހުން ބަލަމުން ދަނީ މިކަން ރޭވުމުގައި އިސްކޮށް ތިބީ ކޮންބައެއްތޯ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ތަހުގީގު ކުރަމުން ގެންދާ ފުލުހުންގެ ޓީމާ ގުޅުމަށް އެމެރިކާގެ އެކްސްޕަރޓަކު ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާތަނަށް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ހަތަރު ފަރާތެއް ބަންދު ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން މިކަމުގައި އެކި ގޮތްގޮތުން ބައިވެރިވި އިތުރު މީހުން ވެސް މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހް ވިދާޅުވީ މިހާރު ފުލުހުން ބަލަމުން ދަނީ މިކަން ރޭވުމުގައި އިސްކޮށް ތިބީ ކޮންބައެއްތޯ ކަމަށެވެ. އަދި މި ކަމުގައި ދާންވީ ދިމާ ހޯދުމަށް މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ތަހުގީގު ޓީމާ ގުޅިވަޑައިގެން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރެއްވުމަށް ނިންމަވާފައިވަނީ މި ޓެރަރިސްޓް ހަމަލާގައި ފައިސާގެ އެއްވެސް މުއާމަލާތެއް ހިނގާފައިވޭތޯ ބެލުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ތަހުގީގު ކުރިއަށް ދާގޮތް ބެލުމަށް ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި ރައީސްގެ ފަރާތުން މީހަކު އައްޔަނުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވިގެން ދާނެ ކަމަށެވެ. އަދި ގައުމުގައި މިވަގުތު ހުރި މިފަދަ ބޮޑެތި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮޑެތި ޒަޚަމްތަކެއް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދު މިހާރު ފަރުވާ ހޯއްދަވަމުންގެންދަވާ ޖަރުމަނުގެ ހަސްފަތާލުން މިހާރު ދޫކޮށްލާފައިވާއިރު ހަފުތާއަކު ދެ ފަހަރު މެޑިކަލް ޗެކަޕްތައް ހައްދަވަން ޖެހިވަޑައިގަންނަވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި މަހެއްހާ ދުވަސް ވަންދެން ޖަރުމަނުގައި ހުންނަވަން ޖެހިދާނެކަމަށް ލަފާ ކުރެވޭކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު