Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނުގެ ދިފާޢުގައި އަޑު އުފުލުން

މަގޭ ރިޕޯޓް: ފަނޑުވަމުންދާ އަޑާއެކު، ތާރީޚު އިއާދަވާން ދޫކޮށްލަންވީތަ؟

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަޑުއުފުލައި މުޅި ދުނިޔެއަށް މިސާލު ވަނީ ދައްކާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 02:20
ދިވެހިރާއްޖެ ފަލަސްތީނާއެކު

ދިވެހިރާއްޖެ ފަލަސްތީނާއެކު

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއްވެސް ހައްދެއް ނެތި ލާއިންސާނީ ހަމަލާތަކެއް އާރެއް ބާރެއް ނެތް ނިކަމެތި ފަލަސްތީން ރައްޔިތުންނަށް އަމާޒުކުރުމުން، ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ދިފާޢުގައި ދިވެހިން ވަނީ ނުކުމެފައެވެ. ސޯޝަލް މީޑިއާގައި އޭރު ހުސް ފެންނަނީ ފްރީ ޕަލެސްޓައިނެވެ. ފަަލަސްތީނާއެކު ދިވެހިން ވާކަން ދައްކުވާދޭ އެކި ފޮޓޯތަކެވެ. މިކަން ރަމްޒުކޮށްދޭ އެކި ހޭޝްޓެގްތަކެވެ. ކޮވިޑްގެ ސަބަބުން ގެއިން ނުނިކުމެވުނަސް ގޭގެ ބެލްކަނިތަކުންވެސް ފެންނަނީ މިކުލަވަރެވެ.

ފަލަސްތީނުގެ ކުލަތަކުން ދިވެހި ފަޒާ ފެވި މުޅި ދުނިޔެއަށް މިސާލު ދެއްކިތަން އަޅުގަނޑު ފާހަގަކުރަނީ ޝަރަފާއި ފަޚުރާއިއެކުއެވެ. އެ މައްސަލައެއްގައި އެމެރިކާއާއި، ޝާނާއި ޝައުކަތުގެ ވެރި އަރަބި ގައުމުތަކާއި އަރަބި ލީގާއި އަދި ކިއެއްތަ އިންސާނީ ހައްގުތަކަށް ވަކާލާތުކުރަން އުފައްދާފައިވާ އދވެސް ނުކުޅެދިފައިވާ ވަގުތު ހަރު އަޑުން އިސްރާއީލް ސިފައިންގެ ލާއިންސާނީ އަމަލު ކުށްވެރިކޮށް އިންސާފު ގާއިމުކުރަން ކެރި ތިބެ ގޮވާލި ގައުމެއްގެ ރައްޔިތަކަށްވީތީ ހަމްދުކުރަމެވެ. މިކަމުގައި ވެރިއެއް އާންމު ރައްޔިތެއް ތަފާތެއް ނެތެވެ.

ކޮންމެއަކަސް، އިސްރާއީލްގެ މި ހަމަލާތައް 11 ދުވަހަށް ދެމިގެން ދިޔައެވެ. ހަމަލާތަކުގައި ގާޒާ އަނެއްކާވެސް ސުންނާފަތިވީއެވެ. ކަރަންޓެއް ފެނެއް ނެތި ދުނިޔޭގެ އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަކުރާ މި ސަރަހައްދުގައި އެތަކެއް މިލިއަން މުސްލިމުން ތާށިވެފައި އެ ތިބީއެވެ. ކުރިން ދެންނެވި ގޮތަށް ބޮޑެތި ބާރުތަކަށް މިހާރުވެސް ކުރެވުނު މާކަ ބޮޑު ކަމެއް ނެތެވެ. ބޮން އަޅާ އަޅާ ބިމާ ހަމަކޮށްލާފައިވާ ގާޒާ އާރާސްތުކުރަން އެހީ ދޭން ހުށަނާޅާ ވާހަކައެއް ނުދަންނަވަމެވެ. ކޮންމެއަކަސް މަސްރަހަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ.

އެހެންނަމަވެސް، މިއަދު ފާހަގަވާ އެންމެ ބޮޑު ތަފާތަކީ ކުރިން ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ދިފާއުގައި ނިކުތް އަޑުތައް ފަނޑުވާން ފެށުމެވެ. ގައުމިއްޔަތާއި އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމުގެ ކުލަތައް ފެނިގެންދިޔަ ނިއުސް ފީޑްތަކަށް ސިޔާސީ ކިލަނބުކަން މިވަނީ އަނެއްކާވެސް އަތް ގަދަ ކޮށްލާފައެވެ. ފަހަރުގައި ފަލަސްތީނުގެ ބިން އަމާންވެ ބިރުވެރިކަން ނެތި ދިޔައީ ކަމަށް ހީވީ ކަން ނޭގެއެވެ. މިގޮތަށް ފަނޑުވާ އަޑުތަކެއްގެ ވެރިޔަކަށް ދިވެހިން ވާނަމަ ދިވެހިންނަށް ފަލަސްތީނުގެ ހާލަތު ހަމަ އެއްވެސް އިރެއްގައި ފަހުމްވެފައި ނުވެއޭ ދަންނަވަން ޖެހެއެވެ. މީހަކު ކިޔާލި އަންބާއެއްގައި ބާރު ދޭންވެެގެން އަޑު ދަށުން ހިފާލީތޯއެެވެ. މިހެން ދެންނެވުމުން ފަހަރުގައި ހައިރާންވެސް ވެދާނެއެވެ.

އެކަމަކު ފެންނަން އޮތް ހަގީގަތަކީ އަދި ތާރީޚު ހެކިދޭކަމަކީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދޭ ހަމަލާތަކަކީ ވައިސޫރިއެއްފަދަ ކަމެއްކަމެވެ. އިދިކޮޅުގެ އަޑު ގަދަވާއިރަށް ފަނޑުވެލާފައި ހަނދާން ނެތޭހާ ދުވަސްވެސް ނުވަނީސް އެނބުރި އަންނާނެއެވެ. ލާއިންސާނީކަމުގެ ހުދޫދު މުގުރަމުން އިންސާނީ ހައްގުތަކުގެ ފަތްފުށްތައް ވީދާ ކުދިކުރަމުންނެވެ. އަނިޔާގެ ވަގުތު އަޑު ހިފާލާފައި ދެން ހަމަ ދަނީއެވެ. މިހެން ވުމުގެ ސަަބަބުން އިސްރާއީލާއި އެވެރިންގެ އައުވާނުންނަށްވެސް މި ކުށްކުރުމުގައި ދެމިތިބުމަށް ބާރު ލިބެނީ ސުމާރެއް ނެތިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އެވެރިން ކުށްވެރިއެއް ނުކުރެވެއެވެ. އިންސާފުގެ ކުރިމައްޗަށް ގެންދަން އާންމު މީހާއަށް ދޭފަދަ ޗިޓެއް ދޭން ކެރޭ ކޯޓެއްވެސް ހަމަ ނެތެވެ. ކިރިޔާވެސް އެވެރިންގެ މަގަށް ހުރަސް އެޅީ މުސްލިމު އުންމަތުގެ ގުޅިފައިވާ އަޑެވެ. އެ އަޑުވެސް ވަޔަށް އަރައިގެން ދަނީއެވެ. މާކަ ގިނަ ދުވަހަކު އެކަމެއްވެސް ނުކުރެވެއެވެ.

މި ސަބަބަށްޓަކައި އަޅުގަނޑު މި ގޮވާލަނީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ގޮވަމުން ދާ ގޮވާލުމުގެ އަޑު މަޑުވިޔަ ނުދިނުމަށެވެ. ފަލަސްތީނަކަށް އަދި އިންސާފެއް ނުލިބެއެވެ. އިންސާފު ލިބެން ކައިރިވެސް ނުވެއެވެ. މިކަމުގައި އަދި ބޮޑު އުނދަގޫ ދަތުރެއް ކުރަން އެބައޮތެވެ. މިކަން ފަލަސްތީނަށް ކުރެވޭނީ އިސްލާމީ މުޖުތަމައުގެ މަދަދާއެކުއެވެ. ކުރިން މިދެންނެވި ދިފާއީ އަޑުތަކާއެކުއެވެ. އެހެނީ މި އަޑުތަކަކީ އެވެރިންގެ ދިރިއުޅުމަށް އުޖާލާކަމެއް ގެނުވާނެކަމަށް ލިބިދީފައިވާ ހަމައެކަނި އުންމީދުގެ ހުޅުކޮޅެވެ.

އަޑު އުފުލާ ވާހަކަދައްކާއިރު، ތަފާތު މޮޅެތި ގޮތްގޮތަށް ޕޯސްކޮށްފައި ފޮޓޯ ނެގި ކުދިންކޮޅެއްވެސް މިފަހަރު ފެނުނެވެ. ހޭޝްޓެގްތައް ފުރާ ފުލުފުލުގައި ޖެހި މީހުންވެސް ފެނުނެވެ. އެހެނަސް މިއަދު ދިވެހި މުޖުތަމައު ބޭނުންވަނީ ފަލަސްތީނުގެ ހާލަތު އެނގި ހުރެ އަޑު އުފުލާނެ މީސްކޮޅެކެވެ. އެމީހުންނަށް ފަލަސްތީންގެ ތާރީޚާއި އިސްރާއީލުން ގަދަކަމުން އެ ގައުމުގެ ބިންތަކަށް ވެރިވި ގޮތް އެނގެންޖެހެއެވެ. ޔާސިރު އަރަފާތަކީ ކިހާވަރެއްގެ ބަތަލެއްކަން އެނގެން އެބަޖެހެއެވެ. ނަޔަތަންޔާހޫގެ ސިޔާސީ ކުޅިގަނޑުގެ އެެތެރެ ފަހުމުވެ މި ކުޅިގަނޑުގައި ބާރުތައް ބަނދެވިފައިވާގޮތްވެސް ފަހުމުވާންޖެހެއެވެ. އެމެރިކާގެ ވެރިކަމަށް ކޮންމެ މީހަކު އަޔަސް އެމެރިކާއާއި އިސްރާއީލުގެ ގުޅުމަށް ގުޑުމެއް ނާންނާނެކަންވެސް އެނގެންޖެހެއެވެ. މިކަންކަން ނޭނގި ދިގު ދެމިގެންދާފަދަ ބާރު ގަދަ އަޑަކަށް މި އަޑު ނުވާނެއެވެ. މިއަދު ތިމާގެ ދެމިގެންދާ އިންސާފުގެ އާދޭހުގެ ބާރު އަމިއްލައަށް ވަޒަންކޮށް މި ކަމުގައި ދެމި ތިބެމާ ހިނގާހެއްޔެވެ. ދިވެހިން އިއްޔެވެސް، މިއަދުވެސް އަދި މާދަމާވެސް ތިބޭނީ ފަލަސްތީނާއެކު ކަން ފިސާރި ކެރިގެން ސާބިތު ކޮށްދެމާހެއްޔެވެ.  

ފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު