Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްލިކް ޖަރުމަނާ ހަވާލުވުން

ޔޫރޯއަށް ފަހު ޖަރުމަނުގެ ކޯޗަކަށް ފްލިކް

2024 ގެ ޔޫރޯގެ ނިޔަލަށް ފްލިކް ޖަރުމަނަށް އިރުޝާދުދޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 11:31
ޖަރުމަން ޓީމުގެ އެއްބަސްވުމުގައި ފްލިކް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން

ޖަރުމަން ޓީމުގެ އެއްބަސްވުމުގައި ފްލިކް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ހަންސީ ފްލިކް ހަމަޖައްސައިފިއެވެ.

އުމުރުން 56 އަހަރުގެ ފްލިކް ޖަރުމަން ޓީމާ ހަވާލުވިއިރު، އޭނާ ވަނީ މި ސީޒަން ނިމުމާއެކު ބަޔާން މިއުނިކުގެ ކޯޗުގެ މަގާމުން ވަކިވެފައެވެ. އެއާއެކު އަންގާރަ ދުވަހުގެ ވަގުތެއްގައި ޖަރުމަން ޓީމުން ވަނީ އެ ޓީމުގެ ކޯޗަކަށް ފްލިކް ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. އަދި މި އެއްބަސްވުމާއެކު 2024 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޭނާ ގައުމީ ޓީމަށް އިރުޝާދުދޭނެ ކަމަށް ޖަރުމަން ޓީމުން މައުލޫމާތުދެއެވެ.

އަންނަ މަހު ފަށާ ޔޫރޯއަށް ފަހު ޖަރުމަން ޓީމާ ފްލިކް ހަވާލުވާއިރު، ޔޫރޯއަށްފަހު ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން އުމުރުން 61 އަހަރުގެ ޔޮއަހިމް ލޯ ވަނީ ނިންމާފައެވެ. މިހާތަނަށް ޖަރުމަން ޓީމާއެކު ލޯ 14 އަހަރު ހޭދަކޮށްފައިވާއިރު، އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕެވެ. އަދި ލޯއާއެކު ޖަރުމަނުން ވަނީ 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ބަޔާން ދޫކޮށް ޖަރުމަން ޓީމާ ފްލިކް ހަވާލުވިއިރު، އޭނާ 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އަދި ފްލިކް ވަނީ 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ.

އަދި ބަޔާނުގައި ފްލިކް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަޔާނާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބަޔާނާ ހަވާލުވުމަށްފަހު ފްލިކް ވަނީ އެ ޓީމުގެ ހާލަތު ބަދަލުކޮށް، ބަޔާނަށް މިދިޔަ ދެ ސީޒަނުގެ ޖަރުމަން ލީގާއި، ޖަރުމަން ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ. މީގެ އިތުރުން ޖަރުމަން ސުޕަ ކަޕާއި، ޔުއެފާ ސުޕަ ކަޕް އަދި ކުލަބު ވޯލްޑް ކަޕުވެސް ފްލިކް ވަނީ ބަޔާނަށް ހޯދައިދީފައެވެ.

ލޯއާއެކު ކުރިއަށް ޔޫރޯއަށް ޖަރުމަން ޓީމު ނުކުންނައިރު، މި ފަހަރުގެ ޔޫރޯގައި އެ ގައުމު ހިމެނެނީ ގްރޫޕް އެފްގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ހަންގޭރީ، ޕޯޗުގަލް އަދި ފްރާންސެވެ.

ހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާގެ ކުޅުންތެރިންނަށް ފްލިކްގެ ހަރުކަށި މެސެޖެއް

ބާސެލޯނާގެ ކުޅުންތެރިންނަށް ފްލިކްގެ ހަރުކަށި މެސެޖެއް

19 އޯގަސްޓު 2025
ފްލިކް ހުރީ ޔަގީން ކަމާ އެކު، ކުޅުންތެރިންނަށް އޮތީ އިތުބާރު

ފްލިކް ހުރީ ޔަގީން ކަމާ އެކު، ކުޅުންތެރިންނަށް އޮތީ އިތުބާރު

06 މެއި 2025
ދެ ވަނަ ލެގަކީ ފައިނަލްގެ ކުރިން ކުޅޭނެ ފައިނަލެއް: ފްލިކް

ދެ ވަނަ ލެގަކީ ފައިނަލްގެ ކުރިން ކުޅޭނެ ފައިނަލެއް: ފްލިކް

03 މެއި 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު