Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާގެ ޓްރެއިން އެކްސިޑެންޓް

މެލޭޝިއާގައި ދެ "ލައިޓް ރެއިލް ޓްރެއިން" ޖެހި އެކްސިޑެންޓް ވެއްޖެ

6 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 08:42
މެލޭޝިއާގެ އެކްސިޑެންވި ޓްރެއިން އިން 213 މީހުން ދަތުރު ކުރި

މެލޭޝިއާގެ އެކްސިޑެންވި ޓްރެއިން އިން 213 މީހުން ދަތުރު ކުރި

މެލޭޝިއާގައި ދެ ލައިޓް ރެއިލް ޓްރެއިން ޖެހި 200ށްވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެއެވެ.

ކުއަލަލަމްޕޫރުގެ ގެ ޓްވިން ޓަވަރ ކައިރީގައި ހުންނަ ޓަނަލްގައި ހިނގި މި ހާދިސާ ހިނގީ، ދެކޮޅަށް އެއް ވަގުތެއްގައި ދުއްވާފައި އައި ދެ ޓްރެއިން ޖެހުމުންނެވެ. ހާދިސާ ހިނގީ ހޯމަ ދުވަހު މެލޭޝިއާ ގަޑިން 8:33 ހާއިރުއެވެ. މި ހާދިސާ ހިނގީ ޓްވިންޓަވަރާ 330 ފޫޓް ދުރުން ޓަނަލްގެ އެތެރޭގައެވެ.

ޖެހުނު ދެ ޓްރެއިންގެ ތެރެއިން އެއް ޓްރެއިންގައި 213 ފަސިންޖަރުން ތިއްބެވެ. އަނެއް ޓްރެއިން އަކީ، މަރާމާތައްފަހު ހުސްކޮށް ދަތުރުކުރި ޓްރެއިނެކެވެ. މިއީ ޑްރައިވަރަކާ ނުލައި ދަތުރުކުރާ ޓްރެއިންތަކެކެވެ. އެހެން ނަމަވެސް ހުސްކޮށް އައި ޓްރެއިންގައި ޑްރައިވަރެއް ހުއްޓެވެ.

ފުލުހުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން، 47 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި 166 މީހަކަށް އެކިވަރުގެ ކުދި އަނިޔާތައްވަނީ ލިބިފައެވެ.

އަންގާރަ ދުވަހު ރެއިލް އޮޕަރޭޓްކުރާ ފަރާތުން ބުނެފައިވަނީ، 64 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށާއި، 6 މީހަކަށް އައިސިޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ، އެއް ޓްރެއިން ދިޔައީ ގަޑިއަކު 40 ކިލޯމިޓަރު ބާރުމިނުގައި ކަމަށާއި، އަނެއް ޓްރެއިން ދިޔައީ ގަޑިއަކު 60 ކިލޯ މީޓަރު ބާރމިނުގައި ކަމަށެވެ. މިއީ ފާއިތުވި 23 އަހަރުގެ ތެރޭގައި ހިނގި މިފަދަ ފުރަތަމަަ އެކްސިޑެންޓްކަން ފާހަގަކުރިއެވެ.

އެއްވަގުތެއްގައި ދެ ޓްރެއިން ދެކޮޅަށް ދަތުރުކުރީ ކީއްވެގެންކަން އަދި ސާފުނުވާއިރު ބޮޑަށް ބެލެވިފައިވަނީ އެއީ މުއާމަލާތްކުރުމުގައި އެރި އޮޅުމެއް ކަަމަށެވެ. މި ހާދިސާ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ.

ޓްރެއިން އިން ދަތުރު ކުރި ކޮންމެ ޕަސެންޖަރަކަށް 1000 މެލޭޝިއަން ރިންގިޓް ނުވަތަ 241 ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މެލޭޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

18 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު