Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިންތަކުގެ ކުލި ކުޑަކުރުން

ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީން ކުއްޔަށް ދީފައިހުރި ބިންތަކުގެ ކުލިން 30 އިންސައްތަ ކުޑަ ކުރަނީ

ފައްތިޔާ ތަކާއި، މާރުކޭޓު ގޮޅިތަކުން ނަގާ ކުލިން 30 އިންސައްތަ ކުލި ކުޑަކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 07:54
ލޯކަލް މާރުކޭޓް، ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުން

ލޯކަލް މާރުކޭޓް، ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުން

ކޮވިޑް-19ގެ ހާލަތުން މާލެ ސިޓީގެ ރައްޔިތުންނަށް ލުޔެއް ލިބި އާދައިގެ ހާލަތަކަށް އާދެވެންދެން ކުއްޔަށް ދީފައިހުރި ބިންތަކުން ނަގާ ކުލިން 30 އިންސައްތަ ކުޑަ ކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ރަސްމީ އާއްމު ޖަލްސާގެ ނިންމުންތަކުގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތުން މާލެ ސިޓީގެ ރައްޔިތުންނަށް ލުޔެއް ލިބި އާދައިގެ ހާލަތަކަށް އާދެވެންދެން ސިޓީ ކައުންސިލް އިން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީފައިހުރި ބިންތަކާއި، ފައްތިޔާ ތަކާއި، މާރުކޭޓު ގޮޅިތަކުން ނަގާ ކުލިން 30 އިންސައްތަ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ ކުއްޔަށްދީފައިވާ ޕާކިންގ ޒޯނުތަކުގައި ޕްރައިވެޓް ކާރު ޕާކް ކުރުމަށް ނަގާފީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ އާއްމު ހާލަތަކަށް އަންނަންދެން 1000 ރުފިޔާ މަހަކަށް ދައްކަންޖެހޭ ފީ ކުޑަކުރުމަށާއި އަދި އާއްމު ހާލަތުގައި ވެސް 1500 ރުފިޔާ މަހަކަށް ދައްކަންޖެހޭ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ "ރައްޔިތުން އެދޭ އަމާޒަށް" މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާ ގޮތަށް، ވިލިމާލެ އެއްގަމު ދަތުރު ފަތުރު ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ކަނޑައަޅާ ވަކި އަދަދަކަށް އިތުރު ފަރާތްތަކަށް އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހުޅުވާލާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީގައި ދުއްވޭ ވެހިކަލްތައް ކަނޑައެޅުމާ ބެހޭ ގޮތުން ކައުންސިލުން ބުނީ މާލެ ސިޓީގައި ދުއްވޭނީ ކިތައް ވެހިކަލްކަން ކަނޑައެޅުމަކީ ސިޓީ ކައުންސިލުން ކުރަން ގާނޫނުގައި ބަޔާންވެފައިވާ ކަމަކަށްވީއިރު އެކަން ކަނޑައެޅުމަށް، ވެހިކަލްތަކުގެ ކުރިން ކެޕޭސިޓީ ކަނޑައެޅުމަށް ކުރަން ޖެހޭއެންމެހާ މަސައްކަތްތައް ކުރުމަށް 07 މެމްބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމެޓީއެއް ނަގައި 2 ހަފްތާތެރޭގައި މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ ބިޑް ކޮމެޓީ އެކުލަވާލަން ނިންމާފައިވާއިރު، މި ބިޑް ކޮމިޓީގައި ކުރިއާ ޚިލާފަށް އެއްވެސް ކައުންސިލަރެއް ނުހިމަނައި، ބިޑް ކޮމިޓީގެ މަސައްކަތުގެ ދާއިރާގެ ތައުލީމާއި ހުނަރު ހުރި މުވައްޒަފުންގެ މައްޗަށް އެކުލެވޭގޮތަށް ބިޑް ކޮމިޓީ އެކުލަވާލާނެ ކަމަށެވެ.

ކައުންސިލުން ބުނީ މާލެ ސިޓީ އިން ދޭ ޚިދްމަތްތައް ހަލުވިކޮށް ހަރުދަނާކުރުމަށް، ގާނޫނުން ކައުންސިލްތަކަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެހެން ކައުންސިލް ތަކެކޭ ވެސް އެއްފަދައިން، މާލޭ ސިޓީ ކައުންސިލްއިން ވެސް ކައުންސިލްގެ ނަމުގައި ބެންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް މިހާތަނަށް ހުޅުވިފައި ނުވާތީ، މާލޭ ސިޓީ ކައުންސިލު އިދާރާގެ އެކައުންޓެއް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ "ރައްޔިތުން އެދޭ އަމާޒަށް" މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ބްލޮކަކަށް ވޮލަންޓިއަރ ލީޑަރެއް، އެ ބްލޮކެއްގެ ރައްޔިތުންގެ ހިޔާލާއެކު ކަނޑައެޅުމުގެ މަސައްކަތް ފެށުމާއި، އެ މަސައްކަތް 1 މަސް ތެރޭގައި ނިންމާނެކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ "ރައްޔިތުން އެދޭ އަމާޒަށް" މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާ ގޮތަށް، އަވަށު ބޯޑުތައް އިންތިޚާބުކުރުމުގެ މަސައްކަތް ފެށުން (ބްލޮކް ލީޑަރުން ހޮވުމުގެ މަސައްކަތާއެކު ކުރިޔަށްދާ ކަމެއްގެ ގޮތުގައި) އަދި މި މަސައްކަތް 1 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބިންކުލިމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު