Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

115،000ށް ވުރެ ގިނަ ހެލްތު ކެއާ ވޯކަރުން ކޮވިޑްގައި ނިޔާވެއްޖެ: ޑަބްލިއުއެޗްއޯ

އެންމެންވެސް އެމީހުންނަށް ދަރަނިވެރިވާނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 03:27
ޓެޑްރޯސް

ޓެޑްރޯސް

ކޮވިޑް-19 ޖެހިގެން 115،000ށް ވުރެ ގިނަ ހެލްތު ކެއާ ވޯކަރުން ދުނިޔޭގެ އެކި ހިސާބުތަކުން ނިޔާވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ބުނެފިއެވެ.

ވާރޗުއަލްކޮށް ކުރިއަށްގެންދިޔަ ވާރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ މިދިޔަ އަހަރު ފެށުނު ކޮވިޑް-19ގެ އާލަމީ ވަބާގައި 18 މަހަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރަމުން އައި، ހެލްތު ކެއާ ވޯކަރުންގެ ތެރެއިން ގިނަ ބަޔަކު މި ބަލީގެ ތެރޭގައި ނިޔާވެފައިވާ ކަމަށާއި، އެމީހުން ވަނީ އާންމުންނަށްޓަކައި ދެވޭނެ އެންމެ ބޮޑު ގުރުބާނީ ވެދީފައި ކަމަށެވެ. އެގޮތުން 115،000ށް ވުރެ ގިނަ ހެލްތު ކެއާ ވޯކަރުން މި ބަލީގައި މިހާރު ނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ އަމަލުތަކާއި އެމީހުން ކުރާ މަސައްކަތްތައް "ހީރޯ"އިންނޭ ބުނާވަރުވިޔަސް، އެއީ ވެސް ހަމަ އިންސާނުން ކަމަށެވެ. ހަމަ އާންމު އިންސާނަކު ކުރާނެ އިހުސާސްތައް އެމީހުން ވެސް ކުރާނެ ކަމަށާއި ދެރަވެ ވަރުބަލިވެސް ވާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހި ކެނޑިނޭޅި ކުރަމުން އައި މަސައްކަތްތަކަށް އެމީހުންނަށް ތައުރީފު ހައްގު ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ އެމީހުން ކޮށްދޭ ޚިދުމަތަށް ބަލާއިރު، އެންމެންވެސް އެމީހުންނަށް ދަރަނިވެރިވާނެ ކަމަށެވެ. އެކަމަކު އެއްވެސް ސަމާލުކަމެއް ނުދެވި ދޫކޮށްލެވިފައިވަނީ ވެސް އެމީހުން ކަމަށެވެ. އެމީހުންގެ ރައްކާތެރިކަމަށް ބެލިޔަސް، ކުރާ މަސައްކަތާ އެކަށީގެންވާނެ އުޖޫރައަކަށް ބެލިޔަސް، އިޚްތިރާމާއި ލޯތްބަށް ބެލިޔަސް، އަދި ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ބެލިޔަސް މިއިން އެއްވެސް ކަމެއް ފުރިހަމަވެފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ މީހުން މިހާރު ތިބީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ރަނގަޅު ޕީޕީއީ އާއި ވެކްސިން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާނެ ތަކެތި ނުލިބި އެ ނުރައްކަލުގެ ބިރު ހީވެފައި ކަމަށެވެ.

ޑަބްލިއުއެޗްއޯއިން މިހެން ބުނި އިރު ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް މި މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ވަކިން ހާއްސަކޮށް ފަގީރު ގައުމުތަކާއި، ބޮޑެތި ގައުމުތަކުގެ ވެސް ފަގީރު ސަރަހައްދުތަކުގައި ޑޮކްޓަރުންނާއި ނަރުހުންނަށް ޕީޕީއީ ކިޓްތައް ނުލިބުމާއި، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދޭން ޖެހޭ އިރު އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނުލިބޭ ކަމުގެ ޝަކުވާތައް ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑް-19ޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު