Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ކޯޓުއާ ރެއާލްއަށް ވިއްކާލަ ދިނުމަށް އޭނާގެ އޭޖެންޓް އެދިއްޖެ

ޗެލްސީއިން އޭނާ ވިއްކާލާނީ 45 މިލިއަން ޔޫރޯގެ ފީއަކަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 އޯގަސްޓު 2018 | ހޮނިހިރު 13:12
ބެލްޖިއަމްގެ އެއް ނަމްބަރު ކީޕަރު ތީބައު ކޯޓުއާ

ބެލްޖިއަމްގެ އެއް ނަމްބަރު ކީޕަރު ތީބައު ކޯޓުއާ

ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެއް ނަމްބަރު ކީޕަރު ތީބައު ކޯޓުއާ ރެއާލް މެޑްރިޑަށް ވިއްކާލަ ދިނުމަށް އޭނާގެ އޭޖެންޓް އެެދިއްޖެއެވެ.

މީގެ ކުރިން ވެސް ސްޕެއިންގައި ކޯޓުއާ ކުޅެފައިވާއިރު އަލުން އެނބުރި އޭނާ އެގައުމަށް ދާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމައެހެންމެ ރެއާލް އިން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާއިރު ޗެލްސީ އިން އޭނާ ވިއްކާލާނީ 45 މިލިއަން ޔޫރޯގެ ފީއަކަށެވެ. ޗެލްސީގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި މައުރީޒިއޯ ސައްރީ ވެސް ވަނީ ކޯޓުއާގެ ކުރިމަގާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޓުއާގެ އޭޖެންޓް ކްރިސްޓޮފް ހެންރޮޓޭ ބުނީ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާކަން ޗެލްސީގެ މެނޭޖްމަންޓަށް ކޯޓުއާ އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް ޗެލްސީ އިން ބުނަމުންދަނީ ހުރިހާ ކަމެއް ވެސް އޮތީ ކޯޓުއާގެ އަތްމަތީގައި ކަމަށެވެ. ކޯޓުއާއަށް މިއީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި ޗެލްސީއަށް ގަބޫލުކުރެވޭނެ ފަދަ ހުށަހެޅުމެއް ކޯޓުއާ ހޯދުމަށް ލިބިފައިވާ ކަމަށް ކްރިސްޓޮފް ބުނެފައި ވެއެވެ.

އުމުރުން 26 އަހަރުގެ ކީޕަރު ރެއާލްއަށް ބަދަލުވާން ބޭނުން ވަނީ އޭނާއަށް ހުށަހަޅާ ބޮޑު ކޮންޓްރެކްޓްގެ ސަބަބުން ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ކްރިސްޓޮފް ބުނީ މިއީ ހަމައެކަނި މާލީ ގޮތަށް ވިސްނުމަށް ފަހު ނިންމާ ނިންމުމެއް ނޫން ކަމަށާއި އޭނާއަށް އެހެން ޓީމުތަކުން މާ ބޮޑު ހުށަހެޅުންތައް އައިސްފައިވާ ކަމަށެވެ. ޗެލްސީ އިން ކޯޓުއާ ރަނގަޅު އަގެއްގައި ވިއްކާލުމަށް ފަހު ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޯދޭ ވަރަށް ވަގުތު އެބަ އޮތް ކަމަށް ވެސް ކްރިސްޓޮފް ބުނެފައި ވެއެވެ.

އަންނަ ބުރާސްފަތި ދުވަހު އިނގިރޭސި ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު އޭގެ ކުރިން ޗެލްސީ އިން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. ކޯޓުއާ ވަނީ ޗެލްސީއަށް 154 މެޗު ކުޅެދީ އެޓީމާ އެކު ދެ ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

10 ޖުލައި 2017
ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް
29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
13 ޖޫން 2017

ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

13 ޖޫން 2017
ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު