Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯލް ޕޮގްބާ

ހޫނު މޫސުމުގައި ޔުވެންޓަސްއަށް ބަދަލުވާން ޕޮގްބާ ބޭނުންވޭ: އޭޖެންޓް

ޕޮގްބާ ހޯދުމަށް ޔުވެންޓަސްއިންވެސް އަންނަނީ މަސައްކަތް ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ފެބުރުއަރީ 2020 | ހޮނިހިރު 12:38
ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ

ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ

މި ސީޒަން ނިމުމުން އަލުން އަނބުރާ ޔުވެންޓަސްއަށް ބަދަލުވަން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފަރަންސޭސްވިލާތުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

ނިމިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައިވެސް ޕޮގްބާ ހޯދުމަށް ގިނަ ކްލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އެކަމަކު އެއްވެސް ކްލަބަކަށް ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާއިރު، އޭނާގެ ކުރީގެ ކްލަބު ޔުވެންޓަސްއަށް ބަދަލުވަން ޕޮގްބާ ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ވަނީ ބުނެފައެވެ.

ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ އިޓަލީއަކީ ޕޮގްބާ އެންމެ އުޅެން ބޭނުންވާ އެއްތަން ކަމަށާއި، މިހާރުވެސް ޔުވެންޓަސްއަށް ބަދަލުވަން އޭނާ ބޭނުންވާ ކަމަށެވެ. އެގޮތުން ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ޔުވެންޓަސްއަށް ބަދަލުވާނެ ކަމަށާއި، ޔުވެންޓަސްއިންވެސް ޕޮގްބާއަށް ޝައުގުވެރިވާ ކަމަށް ވަނީ ބުނެފައެވެ.

ޔުވެންޓަސްއަށް ބަދަލުވަން ޕޮގްބާ ބޭނުންވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން އޭނާ ވިއްކަން ބޭނުންވަނީ 100 މިލިއަން ޔޫރޯއަށެވެ.

އަނިޔާއާހެދި މި ސީޒަނުގައި ޕޮގްބާ ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. އަދި މިހާރުވެސް އޭނާ ކުޅުމުން ދުރުގައި ހުރިއިރު، އޭނާ ކުޅެން ނިކުންނާނެ ތާރީހެއް އަދި ކަށަވަރެއް ނޫނެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި ޕޮގްބާ ވަނީ 178 މެޗުން 34 ލަނޑު ޖަހާފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެޓީމުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
17 މެއި 2017

ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

17 މެއި 2017
ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
08 މާރިޗު 2017

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު